ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލާ ގްރޫޕުގެ ކުންފުނިތަކުން ކޮރަޕްޝަންގެ އަމަލެއް ނުހިންގާނެ: ވިލާ

ވިލާގެ ޗެއަރމަން ގާސިމް އިބްރާހީމް
ޝެއާރކޮށްލާ ކަހަލަދޯ؟
ރާއްޖޭގައި ހިންގާ ބައެއް އޮންލައިން ނޫސްތަކުގައި ޤާސިމް އިބްރާހިމްގެ ވިލާ ގްރޫޕް ކުންފުނިތަކާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކޮރަޕްޝަންގެ އަމަލެއް ނުހިްނގާނެ ކަމަށް ވިލާގެ ކުންފުނިތަކުން ބުނެފިއެވެ.
ވިލާ ގެ ކުންފުނިތަކުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ މީޑިއާއަކުން ވިލާ ގްރޫޕުގެ ކުންފުނިތަކުން ކޮރަޕްޝަންގެ އަމަލު ހިންގައި މަނީ ލޯންޑަރ ކުރާކަމަށް ބުނެ ލިޔެފައިވަނީ އެއްވެސް އަސްލެއް ނެތް ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.
މީގެ 35 އަހަރު ކުރީން ގާސިމް އިބްރާހީމް، ވިލާގެ ނަމުގައި ވިޔަފާރި ކުރަން ފެއްޓީއްސުރެ ތެލުގެ ވިޔަފާރި ކުރާއިރު ތެލާއި، ގޭސް އަދި ސިމެންތި އާއި އިމާރާތް ކުރުމަށް ބޭނުންވާ ސާމާނާއި އާއްމު މުދަލުގެ ހޯލްސޭލް އަދި ރީޓެއިލް ކުރުމުގެ ވިޔަފާރި އަކީ ޓޫރިސްޓް ރިސޯޓްތައް ހިންގަން ފެށުމުގެ ކުރީއްސުރެ ވިލާ ގްރޫޕުން ކުރަމުން އަންނަ ވިޔަފާރި އެއް ކަމަށް ނޫސް ބަޔާނުގައި ބުނެފައިވެއެވެ. އަދި ވިލާ ގްރޫޕްގެ ކުންފުނި ތަކުން އަބަދުވެސް ވިޔަފާރި ކުރަނީ ގާނޫނާއި ގަވާއިދުތަކާއި ބައިނަލްއަގްވާމީ އުސޫލުތަކާއި އެއްގޮތަށް ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން ބައިނަލްއަގްވާމީ ވިޔަފާރި މުއާމަލާތްތަކުގައި ވިލާ ގްރޫޕުގެ ކުންފުނިތަކުން ކުރާ ހުރިހާ ފައިސާގެ މުއާމަލާތްތަކަކީ ބޭންކިން ސިސްޓަމްގެ ތެރެއިން ގަވާއިދުން ކުރަމުން އަންނަ މުއާމަލާތް ތަކެއްކަމަށް ގްރޫޕުން ބުނެފައިވެއެވެ. އަދި ކޮށްފައިވާ އެންމެހައި މުއާމަލާތްތައް ކަމާބެހޭ އިދާރާތަކުގައި ފެންނަން ހުންނާނެކަމަށް ވެސް ވަނީ ބުނެފަ އެވެ.
ވިލާ ގްރޫޕްއިން ވަނީ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް ސިޔާސީ ގޮތުން ކުރައްވާ މަސައްކަތްތަކުގެ ސަބަބުން އެމަނިކުފާނުގެ އަގު ވައްޓާލުމުގެ ގޮތުން، ސިޓީއެއްގައި ހުރި ވާހަކަ ތަކެއް ކަމަށް ބުނެ ހަގީގަތާ ހިލާފު ވާހަކަ ފަތުރައި ވިލާ ގްރޫޕްގެ ވިޔަފާރިތަކަށް ހުރަސް އަޅާ ގެއްލުން ދިނުމަށް ކުރާކަންކަން ހުއްޓާލުމަށް އިލްތިމާސް ކޮށްފައެވެ.
ވިޔަފާރި ކުރުމަށް ބޭނުންވަނީ މަސައްކަތާއި، ހިތްވަރާއި، މައުލޫމާތާއި މޮޅު ވިސްނުން ކަމަށް ވުމާއި އެކު ހަގީގަތާ ހިލާފު ވާހަކަ ފަތުރައި އެހެން ވިޔަފާރިތަކަށް ހުރަސް އެޅުމަކީ ނާތަހުޒީބު އަމަލެއްގެ ގޮތުގައި ކުންފުނިން ފާހަގަކޮށްފަ އެވެ.
ވިލާ ގްރޫޕުގެ، ކުންފުނީގެ ވެރިންނާއި މުވައްޒަފުންގެ ހައްގުތައް ރައްކާތެރި ކުރުމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ އެންމެހައި ކަމެއް ގްރޫޕްގެ ކުންފުނިތަކުން ކުރާނެ ކަމަށް ވެސް ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: