ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުނެގް ހިދުމަތުގެ ކަންކަން ރާވާނީ ‘ސްޓްރެޓީޖިކް ޕޮލިސިންގ ޕްލޭން’ ގެ ދަށުން!

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ތަނުގައި ދިވެހި ފުލުހުންގެ އެންމެހާ ކަންކަން ތަރުތީބުކޮށް އިންތިޒާމް ކުރާނީ ‘ސްޓްރެޓީޖިކް ޕޮލިސިންގ ޕްލޭން’ ގައި ހިމެނޭ ކަންކަން ހާސިލު ކުރުމަށް  ހޯމް މިނިސްޓްރީއިން ބުނެފިއެވެ.

ހޯމް މިނިސްޓްރީއިން ނޫސް ބަޔާނެއް އާއްމުކޮށް ބުނީ ދިވެހި ފުލުހުންގެ ކަންކަން ރާވައި ޕްލޭން ކުރުމުގެ އިތުރުން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ކޮމިޝަނަރ އޮފް ޕޮލީސް މަސައްކަތް ކުރާނީ ސްޓްރެޓީޖިކް ޕޮލިސިންގ ޕްލޭން ގެ ދަށުގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް ކަމަށެވެ.

މި ޕްލޭނުގައި ބަޔާނުކޮށްފައިވާ އަމާޒަށް ދިވެހި ފުލުހުންގެ މަސައްކަތް އަމާޒު ބައްޓަން ކުރެވުމުން ފުލުހުންގެ ހިދުމަތް އިތުރަށް ތަރައްގީވެ، ރާވައިގެން ހިންގޭ ބޮޑެތި ކުށްތައް މަދުކުރެވި، މުޖުތަމައުގެ އަމާންކަމާއި، ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް ހޯމް މިނިސްޓްރީއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ސްޓްރެޓީޖިކް ޕޮލިސިންގ ޕްލޭނަކީ ފުލުހުންގެ ހިދުމަތް މަތިކޮށްފައިވާ އެންމެހާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ވަކި ތަރުތީބަކުން ރާވައި ކުރިއަށް ގެންދިއުމަށް މިނިސްޓްރީއިން ކަނޑައެޅި އެޅި ޕްލޭނެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

މިފަދަ އުސޫލެއް އެކުލަވާލުމުގެ ބޭނުމަކީ ރާއްޖޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ހާލަތު ރަނގަޅު ކުރުމުގެ އިތުރުން ދިވެހިރާއްޖޭގެ ކުށުގެ މާހައުލު ބަދަލުވަމުން އަންނަ ގޮތުގެ ސަބަބުން ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: