ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެންޓާރާގެ ނިއު ރިސޯޓް މޯލްޑިވްސްގައި ހިމެނޭ 3 ރަށުގެ ބިން ހިއްކައި ނިންމާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސެންޓާރާގެ އާ ރިސޯޓުގައި ހިމެނޭ ތިން ރަށް ހިއްކައި ނިންމާލައިފިއެވެ.

އެމްޓީސީސީން އެ ތިން ރަށް ހިއްކައި ނިންމުން ފާހަގަ ކުރުމަށް ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސްގައި ހާއްސަ ރައްމިއްޔާތެއް ބާއްވާފައި ވެއެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޕްލޭނިން މިނިސްޓަރު އަހްމަދު އަސްލަމްއެވެ.

އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެ ކުންފުނީގެ އިސްވެރިން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެ މަޝްރޫއުގެ ދަށުން ވައްޓަރުގައި އޮންނަ 3 އާޓީފުޝަލް ރަށެއްގެ ބިން ހިއްކާފައި ވެއެވެ. އެމްޓީސީސީން ބުނީ އެއިން ކޮންމެ ރަށެއްގެ 7 ހެކްޓަރުގެ ސަރަހައްދެއް އޮންނަ ކަމަށެވެ.

އެ މަޝްރޫއަކީ 26.29 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. ލެގޫން ޕްރައިވެޓް ލިމިޓެޑުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއަކީ އެޓީސީސީގެ 40 އަހަރިގެ ދިގު ތާރީހުގައި ބައިނަލްއަގްވާމީ ކްލައިންޓަކަށް ނިންމައިދިން އެންމެ އަގުބޮޑު މަޝްރޫއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: