ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކުވެރި ސުވަދީބު ޕާޓީ އުފައްދަން ހުއްދައެއް ނުދިން

ފުއާދު ތައުފީގް: ފޮޓޯ އިލެކްޝަންސް ކޮމިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

“އެކުވެރި ސުވަދީބު ޕާޓީ”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅާފައިވާ ހުށަހެޅުން ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.

އެކުވެރި ސުވަދީބު ޕާޓީ އުފެއްދުމުގެ ހުއްދަ އަށް މިދިޔަ މަހުގެ 15 ދުވަހު ހުށަހެޅުއްވީ މުހައްމަދު ޔާސީން ނަމަކަށް ކިޔާ މީހެކެވެ.

އީސީން ބުނީ އެކުވެރި ސުވަދީބު ޕާޓީ، އެ ނަމުގައި އުފެއްދުމަށް ހުއްދަ ނުދިނީ އެއީ ރާއްޖޭގެ ވަކި ސަރަހައްދަކަށް ނިސްބަތްވާ ނަމަކަށް ވެފައި ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމަކަށް ނުވާތީ ކަމަށެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ށ) ގައި ވާގޮތުން ސިޔާސީ ޕާޓީއެއްގެ ނަމުގައި މީހެއްގެ އަމިއްލަ ނަން، ވަނަން، ރާއްޖޭގެ ވަކި ސަރަހައްދަކަށް، ވަކި އަތޮޅަކަށް، ވަކި ރަށަކަށް ނުވަތަ ވަކި އަވަށަކަށް ކިޔާ ނަން ހިމަނައިގެން ނުވާނެއެވެ. އަދި މި ގަވައިދުގެ ހަވަނަ މާއްދާގެ (ރ) ގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދޭ ފަރާތުން އެ ޕާޓީއަށް ކިޔަން ހުށަހަޅާ ނަމަކީ އިލެކްޝަން ކޮމިޝަނުން ގަބޫލުކުރާ ނަމަކަށް ވާންޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: