ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސިޓީ ކައުންސިލްގެ ލޯގޯ ރީބްރޭންޑް ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް 6 މަސް ފުރުން ރޭ ފާހަގަކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލް ރީބްރޭންޑްކުރުމަށް ބޭއްވި މި ހަފްލާގަައި، އެ ކައުންސިލްގެ އައު ދިދައާއި، ލޯގޯ، އަދި އައު ޔުނިފޯމް ވަނީ ތައާރަފްކޮށްފައެވެ.

ސިޓީ ކައުންސިލްގެ އާ ލޯގޯ އިން ރަމްޒު ކޮށްދެނީ މާލެ ސިޓީގައި ހިމެނޭ ހަ އަވަށެވެ. ސިޓީ ކައުންސިލުން ބުނީ ލޯގޯގެ މެދުން މާލޭގެ ހަތަރު އަވަށް ކަމަށްވާ ހެންވޭރު، މާފަންނު، ގަލޮޅު އަދި މައްޗަންގޮޅި ރަމްޒުކޮށްދޭނެ ކަމަށެވެ. އަދި ދެފަރާތުން ރަމްޒުކޮށްދެނީ ވިލިމާލެ އާއި ހުޅުމާލެ ކަމަށެވެ.

ހަމައެހެންމެ، އައު ލޯގޯގެ މެދުގައި ބޭނުންކޮށްފައިވާ ކުލަތަކަކީ، މާލޭގެ 4 އަވަށުގެ ކުލަތައް ކަމަށާއި، ދެ ފަރާތުން ފެންނަ ކުލަތަކަކީ ހުޅުމާލެއާއި ވިލިމާލެއަށް ނިސްބަތްވާ ކުލަތައް ކަމަށް، އެ ކައުންސިލުން ވަނީ ބުނެފައެވެ.

މި ކުލަތައް އެކުލަވައިލަން ބޭނުންކޮށްފައި ވަނީ އިހުޒަމާނުގެ ވެރިކަމުގެ ސިއްކައިގެ ފަރުމާގައި ބޭނުންކޮށްފައިވާ ދުވާ ރޮނގެެއް ކަމަށް ކައުންސިލުން ބުންޏެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: