ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ފީޑްބެކް އަށް ބަލާ ދައުލަތެއް ނޫން: ބޮންޑޭ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ހިންގަމުން މިދާ ދައުލަތަކީ ފީޑްބެކް އަށް ބަލާނެ ދައުލަތެއް ނޫން ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަމުން އިބްރާހިމް ރަޝީދު ވިދާޅުވީ އާދައިގެ ފިހާރަތަކުން ފެށިގެން އެންމެ ބޮޑެތި ކުންފުނިތަކުގައި ވެސް، މި ވިޔަފާރިތަކުގެ ކަސްޓަމަރުންގެ ފީޑްބެކްއަށް ބެލިނަމަވެސް، މި ދައުލަތަކީ އާއްމުންގެ ފީޑްބެކްއަށް ބަލާ ދައުލަތެއް ނޫންކަމަށެވެ. ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް އާއްމުވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ކަމަށް ވުމާއި އެކު، ދައުލަތުން އެކަމަށް މާ ބޮޑު އަހަންމިއްޔަތު ކަމެއް ނުދޭ ކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުން ރައްޔިތުންގެ ކަންތައް ބެލެހެއްޓުމުގައި ސިވިލް ސާވިސްގެ ނަމުގައި ވަކި ހައްސަ ކޮމިޝަނެއް އެކުލަވާފައިވާ ކަމަށާއި، ރައްޔިތުންނަށް ދިމާވަމުންދާ މައްސަލަ ހައްލު ކުރުމަށް މި ކޮމިޝަނަށް އެދިފައިވާ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ސިވިލް ސާވިސް ކޮމިޝަނުން އެ މަސައްކަތް ކުރަން ޖެހޭ އެންމެ ފުރިހަމަ ގޮތުގައި ނުކުރެއެވެ.

ސިވިލް ސާވިސް ފަދަ ރައްޔިތުންނަށް ހިދުމަތް ފޯރު ކޮށްދިނުމާއި ހަވާލުވާ މުއައްސަސާތަކުން ފަރުވާ ކުޑަ ވުމުގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ނުލިބުމުގެ ސަބަބުން ދައުލަތާއި މެދު ރައްޔިތުން ހިތްހަމަނުޖެހުން ފާލުކުރަމުންދާ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. އޭނާ ވަނީ ސަރުކާރުގެ މިފަދަ މުއައްސަސާތަކުން ރައްޔިތުންގެ ހިދުމަތްތައް ދިނުމުގައި ފަރުވާ ބަހައްޓާނަމަ، ދައުލަތާއި މެދު ރައްޔިތުން ހިތްހަމަނެޖެހިގެން ތިބެން ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މުއައްސަސާތަކުގެ މަސައްކަތް ނުކުރެވުމުގެ ސަބަބުން ކަމާއި ބެހޭ ފަރަތްތަކުން ހާޒިރު ކޮށްގެން، މުއއްސަސާތަކުގެ މަސައްކަތް ކުރުމަށް ބާރު އެޅުން ފަދަ އުނދަގޫ މަސައްކަތް ކުރުމަކީ ދައުލަތަށް ގޮންޖެހުން ދިމާވާ ކަމެއްކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. އަދި މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ދައުލަތް ހިންގުމުގައި ނުކުރާ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މެމްބަރު އިބްރާހިމް ރަޝީދު ގަބޫލުކުރާ ގޮތުގައި ސަރުކާރުގެ ހުރި މިފަދަ މައްސަލަތައް ހައްލު ކުރެވޭނީ އިސް ވަޒީރަކު އައްޔަން ކޮށްގެންނެވެ. ހުރިހާ ވަޒީރުންގެ ތެރެއިން އިސް އެއް ބޭފުޅަކު އައްޔަން ކަމަށާއި މިހާރު ސަރުކާރަށް ބޭނުންވަނީ ޒިންމާދާރު ވެރިއެއްކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

މިހާރު ސަރުކާރު އޮތް ގޮތުން ރައްޔިތުންގެ ކަންތައް އަޑު އަހައި ހައްލަށް މަސައްކަތް ކުރަނީ ވަކި ކާކު ކަމެއް ނޭގުމާއި އެކު، އިބްރާހިމް ރަޝީދު ވަނީ އިސް ވަޒީރަކު އައްޔަން ކުރުމުގެ މުހިންމުކަމާއި މެދު ވާހަކަ ދައްކަވާފައެވެ. ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމުގެ ސްޕީޑު އަވަސްކޮށް، އެދުވަހުން އެދުވަހަށް ރައްޔިތުންގެ ކަންކަމުގައި ބަސް ބުނެވޭ ފަދަ އިސް ވަޒީރަކު އައްޔަން ކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: