ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޑަރު ބަންދުކުރުމަކީ ބޮޑު ގެއްލުމެއް: ނަޝީދު

ކުރީގެ ރައީސްއަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ އާ ވޭރިއެންޓާ ގުޅީގެން ރާއްޖެ އަނެއްކާވެސް ބަންދުކުރުން ވާނީ ގެއްލުންބޮޑު ވިސްނުމަކަށް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ދެކުނު އެފްރިކާއިން ފެނިގެން އުޅޭ ކޮވިޑްގެ އާ ވޭރިއަންޓް “އޮމިކްރޯން” އާ ގުޅިގެން ރާއްޖެއިން އަޅާނެ ފިޔަވަޅުތަކާ މެދު މަޝްވަރާ ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވާފައި ވަނިކޮށެވެ.

އެމްޑީޕީގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، އަނެއްކާ ރާއްޖެ ބަންދުކުރުމުގެ ވިސްނުން ވާނީ ވަރަށް ގެއްލުންބޮޑު ވިސްނުމަކަށް ކަމަށެވެ.

“ކޮވިޑާއެކު އުޅުންނޫންގޮތެއް ނެތް.” ރައީސް ނަޝީދު ފޮނުވި މެސެޖްގައި ވެއެވެ.

ކޮވިޑް 19އާ ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ނިންމުމުން ވެސް ރައީސް ނަޝީދު ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ރައީސް ސޯލިހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އާ ކޮވިޑު ވޭރިއަންޓެއް ކަމަށްވާ “އޮމަކްރޮން” ގެ ވާހަކަ އަކީ ވަރަށް ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި އެކަމާ ގުޅިގެން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން މިއަދު ބައްދަލުކޮށް، ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ މެދު ގޮތެއް ނިންމަވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: