ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހު ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލާ ބައްދަލުކުރައްވައިފި

ރައީސް ސޯލިހު ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލާ ބައްދަލުކުރެއްވުން/ ފޮޓޯ؛- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލާއި ބައްދަލުކުރައްވައިފި އެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި، ކައުންސިލުގެ ރައީސް މުހައްމަދު ޖަލާލު ވަނީ ރަށުގެ ތަރައްގީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މައުލޫމާތާއި އަދި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން ރައީސް ސޯލިހާއި މައުލޫމާތުތައް ހިއްސާ ކުރައްވާފަ އެވެ.

ޖަލާލް ވަނީ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއުގެ ގޮތުން ފެނާއި ނަރުދަމާގެ މަޝްރޫއުގެ އިތުރުން ސްކޫލް ކްލާސްރޫމް އިމާރާތާއި މަލްޓިޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ފެށުން ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މީގެ އިތުރުން ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަންހުރި ކަންކަމާއި، ފަސޭހައިން ބޭސް ލިބޭނެ އިންތިޒާމު ފަހިކޮށްދެއްވުމުގެ ނިޒާމު ގާއިމުކޯސް ދިނުމަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ.

މި ބައްދަލުވުމުގައި ކޮޅުމަޑުލު ހިރިލަންދޫ ގިނަ ޒަމާންތަކެއް ވަންދެން ނުކުރެވި ހުރި ތަރައްގީގެ ބައެއް ކަންކަން މި ސަރުކާރުން ކުރެވޭނެ ގޮތަށް ފަހިކޮށްދެއްވާފައި ވާތީ އެކަން ފާހަގަކޮށް ކައުންސިލްގެ ރައީސް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މި ބައްދަލުވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްގީއަށް ރޭވިފައިވާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރެއްވިއެވެ. އެގޮތުން ސްކޫލްގެ ކްލާސްރޫމް އިމާރާތާއި މަލްޓި-ޕާޕަސް ހޯލްގެ މަސައްކަތް ވަރަށް އަވަހަށް ޓެންޑަރ ކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަށުގެ ބިން ހިއްކުމުގެ މަޝްރޫއަކީ ރިޔާސީ ވައުދެއްކަން ފާހަގަކުރައްވައި އެ މަސައްކަތް ކުރިޔަށް ދާނެ ކަމުގައި ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ރައީސް ސޯލިހު ވަނީ އެ ރަށުގެ ތަރައްގީއަށް ކައުންސިލުން ބޭނުންވާ ކަންކަމުގެ މައުލޫމާތު އޮޅުންފިލުއްވައި އެ ކަންކަމާ ގުޅޭ ފަހުގެ މައޫލޫމާތުތައް ހިއްސާކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: