ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްލޭނިން މިނިސްޓްރީއަށް ނައިބަކު އައްޔަންކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބުގެ މަޤާމަށް ހ. ރެޖީނާހައުސް، ޢާއިޝަތު ރަޝީދާ މިއަދު ޢައްޔަނު ކުރައްވައިފިއެވެ.

ޢާއިޝަތު ރަޝީދާ މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ހިންގަވާ ބޭފުޅެއްގެ ގޮތުގައެވެ.

ޢާއިޝަތު ރަޝީދާއަކީ ޔޫ.އެން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފްރޭމްވަރކް (ޔޫ.އެން.އެސް.ޑީ.ސީ.އެފް ނުވަތަ “ކޯޕަރޭޝަން ފްރޭމްވަރކް”) 2021 ސްޓްރެންތްނިންގ ސީ.އާރް.ވީ.އެސް އިން މޯލްޑިވްސް، އީ.އެސް.ސީއޭ.ޕީ.އީ، ޔުނިސެފު 2021 ޑާޓާ ހާމޮނައިޒޭޝަން 2021 ޕްރޮޖެކްޓުގައި މަސައްކަތްކުރައްވަމުންދާ ބޭކަނބަލެކެވެ. އަދި މީގެ ކުރިން ޢާއިޝަތު ރަޝީދާ ވަނީ މޯލްޑިވްސް ކަސްޓަމްސްގައި އެސިސްޓަންޓް ކަސްޓަމްސް އޮފިސަރގެ މަޤާމު ފުރުއްވާފައެވެ.

ޢާއިޝަތު ރަޝީދާއަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ސަންޑަރލޭންޑް އިން ބެޗްލަރ އޮފް ކޮމްޕިއުޓަރ ސްޓަރޑީޒް ހާޞިލްކުރައްވައިގެން ހުންނެވި ބޭކަނބަލެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: