ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީން ދީދީ އަވަހާރަކޮށްލި މައްސަލަ ބަލަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް، މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އަވަހާރަކޮށްލި މައްސަލަ އިންތިގާލީ އިންސާފު އޮފީހުން ބަލަން ފަށައިފި އެވެ.

އެ މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ލަބީގް މުހައްމަދު މާހިދެވެ. މައްސަލައިގައި ޖުމުލަ ހަ ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.

އެގޮތުން އަމީން ދީދީގެ ވެރިކަން ނިމުނުގޮތް ސާފުވެފައި ނުވުމާއި، ދައުލަތުގެ ފަރާތުންކުރި ދައުވާގެ ސީޣާ ސާފުވެފައި ނެތުމުން މި ދެކަމުގެވެސް ހަގީގަތަކީ ކޮބައިކަން ސާފުކުރަން ވަނީ އެދިފަ އެވެ. މީގެއިތުރުން، ރައީސް އަމީންގެ މައްޗަށް ޝަރީއަތެއްކޮށް، ޚާއިނެއްކަމަށް ބުނާ ވާހަކަތަކުގެ ސައްހަކަން ކަށަވަރުކުރުމާއި، ވިހަމަނާފުށީގައި އަނިޔާކޮށް ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް، ބިރުވެރިކަމެއް މަތީގައި ޝަރީއަތް ކޮށްފައިވާތީ އެކަންވެސް ސާފުކުރުމަށް ވަނީ އެދިފަ އެވެ.

އޭގެއިތުރުން، ވިހަމަނާފުށީގައި ރައީސް އަމީނަށް އަނިޔާކުރި މީހުންނަކީ ކޮބައިކަމާއި މާލޭގައި ހަވަރު އެއްވެ، ހަވަރުގެ ތެރެއިން ރައީސް އަމީންގެ ހަށިކޮޅަށް އަނިޔާދީ ހެދި މީހުންނަކީ ކޮބައިކަމާއި، އެމީހުންނަށް އެއްވެސް ޝަރީއަތެއް ހިންގާފައިވޭތޯ ސާފުކުރުމަށްވެސް އެދިފައިވެ އެވެ. އަދި ހަވަރަށްލައި އެމަނިކުފާނަށް އަނިޔާކުރުމުގައި އަމަލީ ގޮތުން ބައިވެރިވީ ކޮން ބައެއްކަމާއި އެކަން ރާވައި އިންތިޒާމު ކުރުމުގައި ޝާމިލު ވަނީ ކޮން ބައެއްކަން ސާފުކުރުމަށް ވެސް އޮމްބަޑްސްޕާސަން އޮފީހުގައި އެދިފައިވެ އެވެ.

އިންތިގާލީ އިންދާފުގެ އޮމްބަޑްސް ޕަރސަންގެ އޮފީހަށް ހުށަހަޅާ މައްސަލަތަކުގައި، މާލީ އަދި އެހެނިހެން ވެސް ގޮތް ގޮތަށް ބަދަލަށް އެދުމުގެ ފުރުސަތު އޮންނައިރު މި މައްސަލާގައި، މުހައްމަދު އަމީންގެ ޚިދުމަތްތައް އަގު ނުކުރެވޭނެ ކަމަށް ބުނެ މާލީ ބަދަލަކަށް އެދިފައެއް ނުވެއެވެ.

އެކަމަކު އެހެން ބަދަލެއްގެ ގޮތުގައި އެދިފައިވަނީ އަމީންއާ ގުޅިގެން ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހޯދާ، ކޮށްފައިވާ ހުކުމް ބާތިލްކުރުމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 23%ވަރަށް ގަޔާވޭ 59%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 14%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: