ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް 164 މައްސަލައެއް ހުށަހަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް ޖުމުލަ 164 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ އޮފީހުން ހާމަކޮށްފިއެވެ.

އޯޓީޖޭ އިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މީގެތެރެއިން 105 މައްސަލައެއް ހުށަހަޅާފައި ވަނީ 14 ޖުލައި 2021 ން 12 އޯގަސްޓް 2021 އާ ދެމެދުއެވެ. މީގެތެރޭގައި ހިމެނެނީ މަސައްކަތްކުރުމުގެ ޙައްޤާ ގުޅޭ 47 މައްސަލައަކާއި، ބޯހިޔާވަހިކަމުގެ ޙައްޤާ ގުޅޭ 42 މައްސަލައަކާއި، ޤާނޫނާ ޚިލާފަށް ހައްޔަރުކުރުމާ ގުޅޭ 12 މައްސަލައަކާއި، މުދާ ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭ 02 މައްސަލައެއް އަދި ޕެންޝަން ލިބުމުގެ ޙައްޤާ ގުޅޭ 02 މައްސަލައެއް ހިމެނެއެވެ.

އޯޓީޖޭ އިން މިހާތަނަށް ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލި ފުރަތަމަ މަހު 59 މައްސަލައެއް ވަނީ ލިބިފައެވެ. އެހެންކަމުން، ދެވަނަ މަހު އެ އޮފީހަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު މިވަނީ ދެގުނައަށްވުރެ އިތުރުވެފައެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު އެންމެ ފުރަތަމަ ހުޅުވާލީ 13 ޖޫން 2021 އިން 13 އޯގަސްޓް 2021ގެ ނިޔަލަށެވެ. އެހެންނަމަވެސް، އެ މުއްދަތުގެ ތެރޭގައި އަޟްހާ ޢީދު އަދި މިނިވަން ދުވަހާ ގުޅިގެން ގިނަ އަދަދެއްގެ ބަންދު ދުވަސްތަކެއް އައުމާ ގުޅިގެން، އެ އޮފީހުން ވަނީ ވީހާވެސް ގިނަ ރައްޔިތުންނަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި، މައްސަލަ ހުށަހެޅުމުގެ މުއްދަތު 13 ސެޕްޓެންބަރު 2021 ވާ ހޯމަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭނީ ޤާނޫނު ނަންބަރު 28/2020 (އިންތިޤާލީ އިންސާފުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާފަދައިން 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކާ ގުޅޭ މައްސަލަތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: