ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރު ކުރީކޮޅު އެހެން އިދާރާތަކަށާއި މަގާމްތަކަށް ބަދަލުވުމަށް ހުޅުވާލި: ޖެންޑަރ

ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަޒީފާއަށް އަންނާނެ ބަދަލުތަކާއި ގުޅޭގޮތުން މިއަހަރު ކުރީކޮޅު މަޝްވަރާކޮށްފައިވާނެ ކަމަށާއި މިނިސްޓްރީގެ އެހެން އިދާރާތަކުގައި ހުސްކޮށް ހުރި މަގާމުތަކަށް ހުޅުވާލިކަމަށް ޖެންޑަރ މިނިސްޓްރީއިން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީގެ 21 މުވައްޒަފަކު ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާއިން ވަކިކޮށް މަގުމަތިކޮށްލާފައިވާކަމަށް ބުނެ ސޯޝަލް މީޑިޔާގައި އަންނަނީ ގިނަ އަދަދެއްގެ ބަޔަކު ނުރުހުން ފާޅުކުރަމުންނެވެ. އަދި ސަރުކާރަށާއި ސިވިލް ސާވިސް ކޮމިޝަނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާއިރު މިނިސްޓްރީއިން ވަނީ ދުރާލައި ނޯޓިސް ދީ، މިކަމުގެ މައުލޫމާތު މުވައްޒަފުންނަށް ހިއްސާކޮށްފައިވާނެކަމަށް ބުނެފައެވެ.

ޖެންޑަރ މިނިސްޓްރީއިން އާންމުކުރި ބަޔާނުގައި މިނިސްޓްރީއިން ބުނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތިންވަނަ ދުވަހު މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓެރީގެ އިތުރުން މިނިސްޓްރީގެ ކަމާގުޅުންހުރި އިސްމުވައްޒަފުން ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތް ކުރައްވާ ކުޑަކުދިންގެ ހިޔާއިން ބަލަހައްޓަމުންދާ ކުދިން އަތޮޅުތެރޭގައި ޤާއިމްކުރެވޭ އަމާންވެށިތަކަށް ބަދަލުކުރުމާގުޅޭ މަޢުލޫމާތާއި މުވައްޒަފުންގެ ވަޒީފާއަށް އަންނާނެ ބަދަލާއި ގުޅޭ ގޮތުން މުވައްޒަފުންނާ މަޢުލޫމާތު ހިއްސާކުރައްވާފައިވާނެ ކަމަށެވެ. އަދި ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ހިޔާގެ ހުރިހާ މުވައްޒަފުންނަށް ސިޓީއެއް ހިއްސާކުރިކަމަށް މިނިސްޓްރީއިން ބުނެއެވެ. އެސިޓީގައި ކުޑަކުދިންގެ ހިޔާއިން ބަލަހައްޓަމުންދިޔަ ކުދިން އަތޮޅުތެރޭގެ އަމާންވެށިތަކަށް ބަދަލުކުރުމަށް ނިންމާފައިވާތީ ސިވިލް ސާވިސް ގަވާއިދުގެ ތެރެއިން އަލަށް އުފައްދާ އިދާރާތަކަށް ބަދަލުވުމުގެ ފުރުސަތު އޮންނާނެކަމަށް ބަޔާންކޮށްފައިވާކަމަށް މިނިސްޓްރީއިން ބުނެއެވެ. އަދި އެކަމަށް އެދިލައްވާ މުވައްޒަފުން ޖެނުއަރީ މަހުގެ 23ވަނަ ދުވަހުގެ ކުރިން އެކަން އެންގުމަށްވެސް އެސިޓީގައި ބަޔާންކޮށްފައިވާކަމަށް މިނިސްޓްރީއިން ބުނެއެވެ.

އެއަށްފަހު މިނިސްތްރީ އަދި މިނިސްޓްރީގެ ދަށުން ހިންގަމުންދާ އިދާރާތަކުގައި ހުސްކޮށްހުރި 24 މަގާމަކަށް ކުޑަކުދިންގެ ހިޔާގައި އިންޓާނަލް އިއުލާންކުރެވުނު ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އަދި މިމަހުގެ އެއްވަނަ ދުވަހު ރިޑަންޑަންސީގެ ދަށުން ދޫކުރާ މުވައްޒަފުންގެ ލިސްޓް ފައިނަލްވުމާއި ގުޅިގެން ނޯޓިސްދޭންޖެހޭ މުވައްޒަފުންނަށް 3 މަސްދުވަހުގެ ނޯޯޓިސްދީ އެކަން އެންގުމަށް ޕީއެސްއާއި ކަމާއި ގުޅުންހުރި އިސް މުވައްޒަފުން ބައްދަލުކުރައްވައި މައުލޫމާތު ހިއްސާކުރިކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ހިޔާގެ މުވައްޒަފުންގެ ވަޒީފާއާއި ގުޅޭގޮތުން ސިވިލް ސާވިސް ކޮމިޝަންގެ ލަފާ ހޯދުމަށް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސިޓީއެއް ފޮނުވައި މިކަމާއި ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށް މިނިސްޓްރީއިން ބުނެއެވެ. އަދި ހިޔާގެ މުވައްޒަފުންގެ ވަޒީފާއާއި ގުޅޭގޮތުން ގޮތެއް ނިންމުމަށާއި މިނިސްޓްރީގެ ދާއިރާތަކުގައި ހުރި ވަޒީފާތަކަށް އިއުލާންކޮށް ފުރުސަތު ހުޅުވާލުމަށް ނިންމުނުކަމަށް ބަޔާނުގައިވެއެވެ.

ޖެނުއަރީ މަހުގެ ތެރޭގައި އިއުލާންކުރެވުނު އިންޓަރނަލް އިއުލާނާއި ގުޅިގެން ހުޅުވާލެވުނު ވަޒީފާގެ ފުރުސަތުތަކަށް ހުޅުވާލެވުނު ޝަރުތު ހަމަވެފައިނުވާ 53 މުވައްޒަފުންނާއިމެދު އަމަލުކުރާނގޮތަކާއި މެދު ލަފަޔަކަށް ސިވިލް ސާވިސް ކޮމިޝަނުގައި ލަފަޔަކަށް އެދިފައިވާނެކަމަށްވެސް މިނިސްޓްރީއިން ބުނެއެވެ. އަދި މާޗް މަހުގެ ތެރޭގައި ކޮމިޝަނާއެކު ބޭއްވި ބައްދަލުކުރެއްވުމަށްފަހު ހިޔާގައި ތިބި 53 މުވައްޒަފުންނާއިމެދު އަމަލުކުރާނެ ގޮތެއް ނިންމުމަށާއި އެހެން އިދާރާއަކުން ވަޒީފާ ހަމަޖެހޭތޯ ބެލުމަށާއި އާރލީ ރިޓަޔަމަންޓްގެ ދަށުން ދޫކޮށްލެވޭ މުވައްޒަފުން ދޫކޮށްލުމަށް ކުރަންޖެހޭ ކަންކަންކުރަން ކުރަންވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ކުޑަކުދިންގެ ހިޔާ ހިންގަމުން ގެންދިޔަ އިމާރާތުގައި ވަގުތީ ހިޔާއެއް ހެދުމުގެ ހުއްދަ 2021 މެއިމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެއްވުމާ ގުޅިގެން، އެ ތަން ހިންގުމަށް ބޭނުންވާނެ މަޤާމްގެ މަޢުލޫމާތު 2021 ޖުލައި މަހުގެ ތެރޭގައި ސިވިލް ސަރވިސް ކޮމިޝަނާ ހިއްސާކޮށް ޢަމަލުކުރާނެ ގޮތުގެ ލަފައަށް އެދިފައިވާނެކަމަށްވެސް ޖެންޑަރއިން ބުނެއެވެ. އަދި ކުޑަކުދިންގެ ހިޔާގައި ޚިދުމަތް ދިނުމަށް ބޭނުންވާ 21 މަޤާމުގެ ލިސްޓް ފައިނަލް ކުރައްވައި ސިވިލް ސަރވިސް ކޮމިޝަނުން މިނިސްޓްރީއަށް 23 ނޮވެމްބަރ 2021 ގައި ފޮނުވިކަމަށްވެސް ބަޔާނުގައިވެއެވެ. ސިވިލް ސަރވިސް ކޮމިޝަން އިން ފޮނުއްވި ލިސްޓްގައިވާ 21 މަޤާމަށް މުވައްޒަފުން ނެގުމަށްފަހު، ސިވިލް ސަރވިސްގެ ޤަވާއިދުގެ ޗެޕްޓަރ 23 “މުވައްޒަފުން ވަޒީފާއިން ދޫކޮށްލުން” މި ޤަވާއިދުގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ “މުވައްޒަފުން ހޮވުމަށާއި އިތުރުވާ މުވައްޒަފުން ދެނެގަތުމަށް ބޭނުންކުރާ ފޯމު” އަށް މާކްސް ދިނުމަށްފަހު، ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުން މެރިޓް އުސޫލުން ކަނޑައެޅިކަމަށްވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ކުޑަކުދިންގެ ހިޔާއިން ބަލަހައްޓަމުންދިޔަ ކުދިން އަތޮޅުތެރޭގައި މިނިސްޓްރީއިން ޤާއިމްކޮށްފައިވާ މަރުކަޒުތަކަށް ބަދަލުކުރުމަށް ނިންމެވިއިރު ކުޑަކުދިންގެ ހިޔާގެ ރަޖިސްޓްރީގައިތިބީ 71 މުވައްޒަފުންނެވެ. މިނިސްޓްރީއިން ފާހަގަކުރި ގޮތަށް މިނިސްޓްރީގެ ދާއިރާތަކުން ފުރުޞަތު ލިބިލެއްވި 16 މުވައްޒަފުންނާއި ސިވިލް ސަރވިސްގެ އެހެން ދާއިރާތަކުން ވަޒީފާގެ ފުރުޞަތު ލިބިފައިވާ 07 މުވައްޒަފުން، ޖުމްލަ 23 މުވައްޒަފުންނަށް ސިވިލް ސަރވިސްގެ ދާއިރާތަކުން ފުރުޞަތު ލިބިފައިވާކަމަށް މިނިސްޓްރީއިން ބުނެއެވެ. އަދި ވަޒީފާއިން އަމިއްލައަށް އެދިވަޑައިގެން ވަކިވެވަޑައިގެންނެވީ 7 މުވައްޒަފުން ކަމަށާއި ބާކީ ތިބި 41 މުވައްޒަފުންގެ ތެރެއިން 21 މުވައްޒަފުންނަށް، ކުޑަކުދިންގެ ހިޔާ ހިންގަމުން ގެންދިޔަ ޢިމާރާތުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ވަގުތީ ހިޔާއިން ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައިކަމަށްވެސް މިނިސްޓްރީއިން ބުނެއެވެ. ވަގުތީ ހިޔާއިން ފުރުޞަތު ހަމަޖެހިފައިވާ 21 މުވައްޒަފުން އުނިކުރުމުން ބާކީތިބި 20 މުވައްޒަފުންނަށް 01 ޑިސެމްބަރުގައި ސިވިލް ސަރވިސްގެ ޤަވައިދުގެ ރިޑަންޑަންސީ އުސޫލްގެ ތެރެއިން 3 މަސް ދުވަހުގެ ނޯޓިސް ދީފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.
ކަނޑާލިކަމަށް ބުނާ މުވައްޒަފުންގެ ތެރެއިން މުވައްޒަފުންތަކެއް މިއަދު މަޖިލީހުގެ އިދާރާ ކައިރީ ވަނީ އިހުތިޖާޖުވެސް ކޮށްފައެވެ. އަދި އެމުވައްޒަފުންނާއި މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒުވެސް ވަނީ ބައްދަލުކުރައްވާފައެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: