ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ގިނައިން ރާއްޖެއަށް މީހުން އަންނަ ގައުމުތަކުން އޮމިކްރޯންގެ ކޭސްތައް ފެންނަން ފަށައިފި

ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަކުން އޮމިކްރޯންގެ ކޭސްތައް ފެންނަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ގިނައިން ރާއްޖެއަށް މީހުން އަންނަ ގައުމުތައް ކަމަށްވާ ސްރީ ލަންކާ އާއި އިންޑިއާއިން ކޮވިޑް-19ގެ އާ ވޭރިއަންޓް “ކޮމިކްރޯން” ގެ ކޭސްތައް ފެންނަން ފަށައިފިއެވެ.

އެގޮތުން ލަންކާއިން އޮމިކްރޯން ވައިރަހަށް ޕޮޒިޓިވް ވެފައިވަނީ ދެކުނު އެފްރިކާއިން ލަންކާއަށް ދަތުރުކުރި އެގައުމުގެ ރައްޔިތެކެވެ. އޮމިކްރޯނަށް އޭނާ ޕޮޒިޓިވް ވެފައިވާކަން އެނގުނީ ޖީން ސްިކުއެންސިންގ ޓެސްޓްތަކުގެ އަލީގައެވެ. ލަންކާގެ ހެލްތު މިނިސްޓްރީއިން ވަނީ މި ވޭރިއަންޓުން ރައްކާތެރިވުމަށް ހުރިހާ ފިޔަވަޅެއް އަޅާފައިވާ ކަމަށާއި އިތުރަށް ފެތުރުން ހުއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

ހަމައެއާއި އެކު، އިންޑިއާއިން ވަނީ އޮމިކްރޯންގެ 2 ކޭހެއް ފެނިފައެވެ. 66 އަހަރުގެ ފިރިހެނަކާއި 46 އަހަރުގެ އަންހެނެއް އޮމިކްރޯނަށް ޕޮޒިޓިވް ވެފައިވާ އިރު ބަލި ޖެހިފައިވާ މީހުންގެ ފަރާތުން މާ ބޮޑު އަލާމާތެއް ނުފެންނަ ކަމަށް ވަނީ ބުނެފައެވެ.

ލަންކާ އާއި އިންޑިއާގެ އިތުރުން އޮމިކްރޯންގެ ކްލަސްޓަރ އެއް ސައުތު ކޮރެއާއިން ފެނިފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. ކޮރެއާގެ މި ކްލަސްޓަރ އަކީ އެގައުމުގެ ޗަރޗެއްގެ ތެރެއިން ފެނުނު ކްލަސްޓަރ އެކެވެ.

އޮމިްކރޯންގެ ކޭސްތައް ފެންނަމުންދާ ގައުމުތަކުގެ ތެރޭގައި ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ގައުމުތައް ހިމެނޭ ކަން ފާހަގަކުރެވޭއިރު ކޮވިޑުގެ މި ވޭރިއަންޓް ހަލުއި ކަމާއި އެކު ފެތުރމުންދާކަން ފާހަގަކުރެވޭއިރު، މި ވޭރިއެންޓުން ރައްކާތެރިވުމަށް ރާއްޖޭގައިވެސް ފިޔަވަޅުތައް އަޅާފައިވެއެވެ. އެގޮތުން ސައުތު އެފްރިކާ، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ، އެސްވަޓީނީން ރާއްޖެއަށް މީހުން (ދިވެހިން އަދި ވޯކްޕާމިޓް ނުހިމެނޭގޮތަށް) އެތެރެވުން ހުއްޓާލުމަށް އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: