ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން އޮމިކްރޯނުގެ އިތުރު 4 ކޭސް ފެނިއްޖެ

އޮމިކްރޯންގެ ކޭސްތައް އިތުރުވާތީ، އެކި ގައުމުތަކުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު 19 ގެ އައު ވޭރިއެންޓް ކަމަށްވާ އޮމިކްރޯނުގެ އިތުރު 4 ކޭސް ރާއްޖެއިން ފެނިއްޖެއެވެ.

އެޗްޕީއޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެޖެންސީގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އޮމިކްރޯނުގެ އައު 4 ކޭސް ފެނިފައިވަނީ ރާއްޖެއަށް އައި 4 ފަތުރުވެރިންގެ ގައިން ކަމަށެވެ. އަދި މި 4 މީހުންނަކީ ވެސް ދެކުނު އެފްރީކާއަށް ދަތުރުކޮށްފައިވާ މީހުންނެވެ.

ޑރ އަފްޒަލް ވިދާޅުވީ މިކަމާއި ގުޅިގެން ރިސްކް އެސެސްމަންޓް ހަދައި، އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އަންނަނީ ބަލަމުންކަމަށެވެ. އޮމިކްރޮން ވޭރިއަންޓްއަކީ އެކަކު އަނެކަކު ގައިން ފަސޭހައަށް އެރުމުގެ ފުރުސަތު ބޮޑު ވޭރިއަންޓްއެއްކަމަށާއި އެހެންނަމަވެސް ބޫސްޓަރ ޑޯޒްއާއިއެކީ މިވޭރިއަންޓްއިން ސަލާމަތްވުމުގެ ފުރުސަތު ބޮޑުކަމަށް ޑރ ވިދާޅުވިއެވެ.

ރާއްޖެއިން އޮމިކްރޯން ވޭރިއަންޓް އެންމެ ފުރަތަމަ ފެނިފައިވަނީ ޑިސެމްބަރު ފަސްވަނަ ދުވަހުއެވެ. އެފަހަރުވެސް މި ވޭރިއަންޓަށް ޕޮޒިޓިވްވެފައިވަނީ ރާއްޖެއަށް ދަތުރުކުރި ފަތުރުވެރިއެކެވެ.

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑްގެ އާ ސްޓްރެއިންއަކީ ކަންބޮޑުވާ މިންވަރަކަށް ފެތުރޭ ވޭރިއެންޓެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކަނޑައަޅާފައެވެ. ޑަބްލިއުއެޗްއޯއިން ބުނީ އޯމިކްރޯން ވޭރިއަންޓްގެ ސަބަބުން އެހެން ސްޓްރެއިންތަކާ އަޅާބަލާއިރު ރީއިންފެކްޝަން، ނުވަތަ ދެވަނަ ފަހަރަށް ބަލި ޖެހުމުގެ ނުރައްކާ ބޮޑު ކަމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: