ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮމިކްރޯނު ނުރައްކާތެރި ކުރުވަނީ ތަފާތު ސްޕައިކް ޕްރޮޓީންއެއްގެ ސަބަބުން: ޑަބްލިއުއެޗްއޯ

އޮމްިކްރޯން ވައިރަސް ނުރައްކާތެރި ވުމުގެ ސަބަބަކީ ކޮރޮނާ ވައިރަހާއި އޮމިކްރޯނުގެ ސްޕައިކް ޕްރޮޓީން ބަދަލުވުން/ ފޮޓޯ:- މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު 19 ގެ އައު ވޭރިއެންޓް ކަމަށްވާ “އޮމިކްރޯން”، އެހެން ވޭރިއެންޓްތަކާއި ހިލާފަށް ނުރައްކާތެރި ވަނީ މި ވައިރަހުގައި ހުންނަ ތަފާތު ސްޕައިކް ޕްރޮޓިންއަކުން ކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން އާއްމުކުރި ވީޑިއޯ އެއްގައި ޑރ. މައިކު ރައެން ވިދާޅުވީ އޮމިކްރޯން ވޭރިއެންޓް، ޑެލްޓާ ވޭރިއެންޓްއަށް ވުރެ ނުރައްކާތެރި ވަނީ އޭގައި ހުރި ތަފާތު ފީޗަރ އެއްގެ ސަބަބުން ކަމަށެވެ. އެއީ މި ވައިރަހުގެ ސްޕައިކް ޕްރޮޓީން ތަފާތު ވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޮމިކްރޯން ވޭރިއެންޓްގެ މި ޕްރޮޓީންއަށް އިންސާނާގެ ސެލްގައި ހަރުލުމުގެ އިތުރު ކުޅަދާނަކަން ލިބިފައިވެއެވެ. އެގޮތުން މި ޕްރޮޓިންއަކީ “‘ލޮކް އެންޑް ކީ” މަސައްކަތް ކުރާ ފަދަ ގޮތަކަށް ހެދިފައިވާ އެއްޗަކަށް ވުމާއި އެކު، އޮމްިކރޯނުގެ ސްޕައިކް ޕްރޮޓީިން އުފެދިފައިވަނީ ކޮރޯނާ ވައިރަސް އަދި ކޮރޯނާ ގެ ވޭރިއެންޓެއްކަމަށްވާ ޑެލްޓާ ވޭރިއެންޓާއި ތަފާތު ބައްޓަމަކަށެވެ. އެހެންކަމުން ފަސޭހަކަމާއި އެކު އިންސާނާގެ ސެލްތަކަށް ނުވަތަ އިންސާނާގެ ހަށިގަނޑުގައިވާ ރިސެޕްޓާތަކަށް މި ވައިރަސް ވަނުމުގެ ފުރުސަތު ލިބިފައިވެއެވެ.

ކަން މިހެން އޮތުމުގެ ސަބަބުން މި ވޭރިއެންޓުގެ ނުރައްކާތެރިކަމާއި ވޭރިއެންޓްގެ އަސްލު ދެނެގަތުމަށް އުނދަގޫތަކާއި ކުރިމަތި ލަމުންދާ ކަމަށް ޑރ. މައިކް ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސްގެ ޖެނެޓިކްސް ބަދަލުވެ، ސީރިއަލް ޓްރާންސްމިޝަން އެއް ފަދައިން އެތައް މިލިއަން އިންސާނުންގެ ގައިން މި ވައިރަސް ފެނިފައިވާ އިރު، އޮމިކްރޯނު އުފެދިފައިވަނީ ވަރުގަދަ އެކަށީގެންވާ ފީޗަރ ތަކާއި އެކުއެވެ. ކޮރޮނާ ވައިރަސް އާއްމުވިތާ 2 އަހަރު ދުވަސް ފަހުން އުފެދިފައިވާ މި ވޭރިއެންޓަށް އިންސާނާގެ ސެލްތަކަށް ވަންނަން ބޭނުންވާ ވަރުގަދަ ފީޗަތަކެއް އަށަގެނުމަށް 2 އަހަރު ދުވަހުގެ ވަގުތު ލިބިފައިވާ ކަމަށް ޑރ. މައިކު ވިދާޅުވިއެވެ.

އޮމްިކރޯނު އެހެން ވެރިއެންޓްކާއި ހިލާފަށް، ވޭރިއެންޓްގެ ޖެނެޓިކް ސީކުއެންސް ބަދަލުކުރުމުން ވައިރަހުގެ ބައްޓަން ބަދަލުވެގެން ދިޔަ ކަމަށް ފާހަގަކުރެވެއެވެ. އަދި ބައްޓަން ބަދަލުވުމާއި އެކު ވަރިަހުގެ ސްޕައިކް ޕްރޮޓިންއަށް އިތުރު ގާބިލުކަމާއި ކުޅަދާނަކަން ލިބުމަކީ އިންސާނާގެ ސެލްތަކާއި އިންސާނާގެ ހަށިގަނޑަށް އެޓޭޗްވުމަށް ލިބުނު ފަސޭހަތަކެއް ކަމަށް ވީޑިއޯގައި، ޑަބްލިއުއެޗްއޯގެ ހެލްތު އެމާޖެންސީ ޕްރޮގްރާމުގެ އެކްޒެކެޓިވް ޑިރެކްޓަރ ޑރ. މައިކު ވިދާޅުވި އެވެ.

މީގެ އިތުރުން އަދިވެސް އޮމިކްރޯން އާއި ބެހޭ އެތައް ދިރާސާތަކެއް ކުރަމުންދާ ކަމަށާއި، އަވަސް މުއްދަތެއްގައި ސައިންސްވެރިންގެ މި ދިރާސާތަކުގެ ނަތީޖާ ހިއްސާ ކުރެވޭނެކަމަށް ވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: