ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިންތައް އިފެކްޓިވް، ބޭނުންވި ނަތީޖާ ނެރެވުނު: ޑަބްލިއުއެޗްއޯ

ރާއްޖެއިންވެސް އޮމިކްރޯނުގެ 5 ކޭސް ފެނިފައިވޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް 19 އަށް އުފެއްދި ވެކްސިންތަކަކީ އިފެކްޓިވް ވެކްސިންތަކެއް ކަމަށާއި މި ވެކްސިންތަކުން ބޭނުންވި ނަތީޖާ ނެރެވުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޗީފް ސައިންޓިސްޓް ވިދާޅުވީ ލަބް ރިޒަލްޓްތަކުން ދައްކާ ގޮތުގައި ވެކްސިންތަކުގެ ނަތީޖާ ރަނގަޅުކަމަށެވެ. އަދި ކްލިނިކަލް ނަޒަރަކުން  ބަލާނަމަ، ވެކްސިން ޖަހާފައިވާ މީހުންނަށް ބަލި ޖެހުނު ނަމަވެސް ބަލީގެ ސަބަބުން ދިމާވާ ސީރިއަސް މައްސަލަތައް ދިމާވުން މަދު ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިން ކޮވިޑު ޖެހިފައިވާ މީހުން ދެވަނަ ފަހަރަށް އިންފެކްޓް ވަނީ އޮމިކްރޯންގެ ސަބަބުންނެވެ. އަދި ދުނިޔޭގެ މިވަގުތުގެ ހާލަތު ގޯސްވަމުންދަނީވެސް މިސަބަބަށްޓަކައި ހުރެ ކަމަށް ވެސް ވިދާޅުވެފައެވެ.

މީގެ ކުރިން ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން އާއްމުކުރި ވީޑިއޯ އެއްގައި ޑރ. މައިކު ރައެން ވިދާޅުވީ އޮމިކްރޯން ވޭރިއެންޓް، ޑެލްޓާ ވޭރިއެންޓްއަށް ވުރެ ނުރައްކާތެރި ވަނީ އޭގައި ހުރި ތަފާތު ފީޗަރ އެއްގެ ސަބަބުން ކަމަށެވެ. އެއީ މި ވައިރަހުގެ ސްޕައިކް ޕްރޮޓީން ތަފާތު ވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޮމިކްރޯން ވޭރިއެންޓްގެ މި ޕްރޮޓީންއަށް އިންސާނާގެ ސެލްގައި ހަރުލުމުގެ އިތުރު ކުޅަދާނަކަން ލިބިފައިވެއެވެ. އެގޮތުން މި ޕްރޮޓިންއަކީ “‘ލޮކް އެންޑް ކީ” މަސައްކަތް ކުރާ ފަދަ ގޮތަކަށް ހެދިފައިވާ އެއްޗަކަށް ވުމާއި އެކު، އޮމްިކރޯނުގެ ސްޕައިކް ޕްރޮޓީިން އުފެދިފައިވަނީ ކޮރޯނާ ވައިރަސް އަދި ކޮރޯނާ ގެ ވޭރިއެންޓެއްކަމަށްވާ ޑެލްޓާ ވޭރިއެންޓާއި ތަފާތު ބައްޓަމަކަށެވެ. އެހެންކަމުން ފަސޭހަކަމާއި އެކު އިންސާނާގެ ސެލްތަކަށް ނުވަތަ އިންސާނާގެ ހަށިގަނޑުގައިވާ ރިސެޕްޓާތަކަށް މި ވައިރަސް ވަނުމުގެ ފުރުސަތު ލިބިފައިވެއެވެ.

ކަން މިހެން އޮތުމުގެ ސަބަބުން މި ވޭރިއެންޓުގެ ނުރައްކާތެރިކަމާއި ވޭރިއެންޓްގެ އަސްލު ދެނެގަތުމަށް އުނދަގޫތަކާއި ކުރިމަތި ލަމުންދާ ކަމަށް ޑރ. މައިކް ވިދާޅުވިއެވެ.

މީގެ އިތުރުން އަދިވެސް އޮމިކްރޯން އާއި ބެހޭ އެތައް ދިރާސާތަކެއް ކުރަމުންދާ ކަމަށާއި، އަވަސް މުއްދަތެއްގައި ސައިންސްވެރިންގެ މި ދިރާސާތަކުގެ ނަތީޖާ ހިއްސާ ކުރެވޭނެކަމަށް ވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: