ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭގައި ބެޓެރި ކާރުގެ ހިދުމަތްދޭނެ ބަޔަކު ހޯދަނީ

ވިލިމާލެ. ފޮޓޯ: ދަ މޯލްޑިވްސް އެކްސްޕާރޓްޑޮޓްކޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގައި ބެޓަރީ ކާރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ ކައުންސިލުން ބޭނުންވަނީ ވިލިމާލޭގައި ބެޓަރީ ކާރުގެ ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް 24 ގަޑިއިރު ދޭނެ ބައެއް ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފާރާތްތަކުން ބީލަން ހުށަހަޅަން ހުޅުވާލާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

ސިޓީ ކައުންސިލްގެ އިއުލާނުގައި ވާގޮތުން މި ހިދުމަތް ދިނުމަށް ބީލަން ހުށަހެޅާ ފަރާތްތަކަކީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ވާން ޖެހެއެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވީ ބެޓެރި ޓެކްސީގެ ހިދުމަތް ވިލިމާލޭގައި ތައާރަފުކުރި ނަމަވެސް އިންޖީނުލީ އުޅަނދު ދުއްވުން މަނާ ކޮށްފައި އޮތް އޮތުމަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ. އިތުރަށް ވިދާޅުވީ ބެޓެރީ ނުވަތަ އިލެކްޓްރިކް 10 ކާރު ހޯދާނެ ކަމަށާއި ކާރުގެ ތެރޭގައި ވޭނެއްް ވެސް ހިމެނޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: