ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާކިން ސްލޮޓުގެ މައްސަލަ އޭސީސީއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރުމަށް 211 ޖާގައަކަށް ކުރިމަތި ފަރާތްތަކުގެ ތެރެއިން ކުރިމަތިލީ މީހުންގެ މެދުގައި ނެގި ގުރުއަތުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

މާލޭގެ 10 ސަރަހައްދަކުން ޖުމުލަ 211 ޖާގައަށް ކުރިމަތިލުމަށް މިދިޔަ ޖުލައި މަހު މާލޭ ސިޓީ ކައުންސިލުން ހުޅުވާލި ފުރުސަތުގައި ޖުމުލަ 965 މީހަކު ޕާކިން ސްލޮޓަށް ކުރިމަތިލައިފައިވެއެވެ.

ޕާކިން ސްލޮޓުތަކަށް މީހުން ހޮވުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ގުރުއަތު ނަގާފައެވެ.

ސިޓީ ކައުންސިލުން ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތާއިމެދު ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލުން ބުނީ ގުރުއަތު ލުމުގެ ކަންކަން ގެންގޮސްފައިވަނީ މީޑިއާތަކުގެވެސް ކުރިމަތީގައި ދެފުށް ފެންނަ ގޮތަކަށް ކަމުގައެވެ.

މިކަމާ އޭސީސީގެ މީީޑިއާ އޮފިސަރު ”ސަންގަށް” ވިދާޅުވީ، ޕާކިން ސްލޮޓުގެ ގުރުނެގުމުގެ މައްސަލަ އާންމު ފަރާތަކުން އެ ކޮމިޝަނަށް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: