ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލުގެ ނިންމުމަކީ ޒިންމާދާރުކަން ކުޑަ ނިންމުމެއް: ވައްޑޭ

އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ރެޖިސްޓްރީ އެޗްޑީސީގެ އަތުން ނެގުމަށް ބައްދަލުވެއްމަގައި ފާސްކޮށް ސިޓީ ކައުންސިލުގެ އިހތިސޯސަށް ހުޅުމާލެ ގެނައުމަށް ނިންމި ނިންމުމަކީ ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ އިންތިޒާމުތައް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަށް ގޮވާލައި، މީގެ ކުރިން ވެސް އެކި ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައިވާއިރު އެންމެ ފަހުން ނިކުތް މައްސަލައަކީ ހުޅުމާލޭގެ ރެޖިސްޓްރީ އެޗްޑީސީގެ އަތުން ނެގުމަށް ބައްދަލުވެއްމަގައި ފާސް ކުރުމެވެ. މުޅި ހުޅުމާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށް، ނިންމި ދަނޑިވަޅަކީ ހުޅުމާލޭގެ ފޭސް ދޭއްގައި “ކޮތަރު ކޮށި” ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ޖަލްސާއެއް ބޭއްވުމަށް ނަގަން ޖެހޭ ހުއްދަ ނުނަގާތީ އެތަނުގައި އެއްވެސް ހަރަކާތެއް ނުބޭއްވޭނެކަމަށް އަންގާފައިވަނިކޮށް އައި ނިންމުމެކެވެ. މިއީ ސިޔާސީ ނިންމުމެއްގެ ގޮތުގައި ބުނެ، ސިޓީ ކައުންސިލަށް ފާޑުކިއުންތައް އަމާޒުވީ ނަމަވެސް ސިޓީ ކައުންސިލުން ތަކުރާރުކޮށް ބުނަމުން ދަނީ އެއީ ސައްހަ ނިންމުމެއް ކަމަށެވެ.

ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަދައްކަމުން ވައްޑެ ވިދާޅުވީ ކައުންސިލުގެ ބައްދަލުވުމުގެ އެޖެންޑާގައި ނެތްކަމެއް އިދިކޮޅުގެ ކައުންސިލުގެ މެމްބަރުން ހިމެނޭހެން ވޯޓު ލައި އެފަދަ ކަމެއް ނިންމުމަކީ ކައުންސިލުގެ ޒިންމާދާރުގެ ކަން ކުޑަ އަމަލެއް ކަމަށެވެ. ވައްޑެ ވަނީ މިއީ ގިނަ މެމްބަރުންނަށް ނޭނގި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހުށަހެޅުއްވި ކުއްލި މައްސަލައެއްކަމަށް ވިދާޅުވެފަ އެވެ.

ހުޅުމާލެގެ ރަޖިސްޓްރީ އެޗްޑިސީގެ އަތުން ނެގުމަކީ ވަކިން ވާހަކަ ދައްކައިގެން ހައްލު ކުރެވެން އޮތް ކަމަކަށް ވީއިރު، މިއީ ހުރިހާ ކައުންސިލް މެމްބަރުންގެ ވިސްނުމެއް ނޫން ކަމަށް ވައްޑެ ވިދާޅުވިއެވެ. އަދި މިފަދަ ނިންމުމެއް ނިންމުމެއްގެ މައިގަނޑު ބޭނުމަކީ ޕާޓީގެ އިސްވެރިޔާގެ ބުނުމުގެ މަތިން ސިޔާސީ ގޮތުން ކުރި ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރި އެވެ.

މިއީ ގާނޫނާއި ހިލާފު ކަމެއް ކަމަށް ވަހީދު ފާހަގަކުރެއްވި އެވެ. ނަމަވެސް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ފޯރުކޮށްދިނުމުގައި މާލެ ސިޓީ ކައުންސިލުގެ ދައުރެއް އޮންނަން ޖެހޭނެކަން އެމްޑީޕީން ގަބޫލު ކުރާކަން ވައްޑެ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަކީ އެމްޑީޕީގެ ވައުދަކަށްވާ އިރު 2018 ވަނަ އަހަރު ވެރިކަމާއި ހަވާލުވެ، މަޖިލީހުގެ މެޖޯރިޓީ އެ ޕާޓީއަށް ލިބުމާއި އެކު، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެވިފައިވާކަމަށް ވައްޑެ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ރަށް ރަށުގެ އިހްތިސޯސު ކަނޑައަޅައި، އިހްތިސޯސު ބޭނުން ކުރެވޭނެ ގޮތް ވަކި ގާނުނެގެ ދަށުން އެކުލަވާފައިވެއެވެ.

މީގެ އިތުރުން ސަރުކާރުގެ ބަޖެޓުގެ 5 އިންސައްތަ ރަށްތަކުގެ ކައުންސިލުތަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަން ވައްޑެ ފާހަގަކުރެއްވިއެވެ. ގާނޫނުގައި ވާ ގޮތުގެ މަތިން ބައެއްގެ އިހުތިސޯސް ދަށުގައި ތިބޭ ތަންތަނުގެ ރަޖިސްޓްރީ ބާތިލު ނުކުރެވޭނެ އެވެ. ނަމަވެސް އެޗްޑީސީން ހުޅުމާލެގެ ކަންތަކުގެ ތެރެއަށް ވަދެ އެޅުމާއި މެދު ދެކޮޅު ހަދާކަމަށް ވައްޑެ ވިދާޅުވި އެވެ.

ހުޅުމާލޭގެ އިހުތިސާސު ސިޓީ ކައުންސިލަށް ބަދަލު ކުރުމަކީ އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބުގެ ދުވަސްވަރު އެންމެ ފުޅާކޮށް ދެކެވުނު އެއް ވާހަކަ ނަމަވެސް ހުޅުމާލެއަކީ ރާއްޖޭގައި ކުރީއްސުރެ އުފެދިފައިވާ ރަށެއް ނޫން ކަމަށާއި، އެއީ ދައުލަތުން ލޯނު ތަކެއް ނަގައިގެން ހިއްކާފައިވާ ތަނެއްކަން ވައްޑެ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ޕްރޮގްރާމުގައި ވައްޑެ ވިދާޅުވީ ސިޓީ ކައުންސިލުގެ ގާނޫނީ ހައިސިއްޔަތަކީ ޖަވާބުދާރީ ވުމާއި އެކު، ރައްޔިތުންނާއި ގާތުން ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލުގެ އަމަލުތައް ބައްޓަން ވެފައިވަނީ މިފަދައިން ކަމަކަށް އޭނާ ގަބޫލުނުކުރެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ބިން ހިއްކުމަށް ބޭނުންވާ ފައިނޭންސް ހޯދުމަށް ލޯނު ނެގީ ވެސްހުޅުމާލޭ ފޭސް އެކެއް މޯޖޭގްކޮށްފަ އެވެ. އެއަށް ފަހު ފޭސް ދޭއް ހިއްކައި ނިމުމުން ފޭސް އެކެއް އާ އެއްކޮށް ހުޅުމާލޭގެ އައު ރެޖިސްޓްރީއެއް ދެއްވީ ޑރ. މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގެ އެވެ. އޭގެ ފަހުން ފޭސް ދޭއް ގައި ފްލެޓް އެޅުމާއި އެހެން ކަންކަމަށް އެ ރަޖިސްޓްރީ ބޭނުންކޮށްގެން ލޯނު ނަގާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: