ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންގެ ދުވަސް: ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް!

މިއަދު ފާހަގަކުރަމުންދަނީ 41 ވަނަ މަސްވެރިންގެ ދުވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ 41 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު މަސްވެރިންނަށް ދިމާވާ ގިނަ ގޮންޖެހުންތަކެއް އަދިވެސް އެބަހުއްޓެވެ. ދާއިމީ ޝަކުވާތަކެއް ހުރިއިރު ސަރުކާރުން އަންނަނީ މިޝަކުވާތަކަށް ހައްލު ހޯދައދިނުމަށް މަސައްކަތްކުރަމުންނެވެ.

މަސްވެރިންގެ ޒަމާންވީ ޝަކުވާއެއްގެ ގޮތުގައި އަބަދުވެސް އޮންނަނީ މަސްވެރިންނަށް ހަމަ އަގު ނުލިބުމާއި މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްތަކެއްވުމެވެ. މިޝަކުވާތައް ކޮވިޑްގެތެރޭގައި ވަކިންބޮޑަށް އަޑުއިވިގެންދިޔަކަން ފާހަގަކުރެވިގެންދިޔައެވެ. ސަރުކާރުގެ ސިޔާސަތަކީ މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަގުތުން ދެވޭނެ އިންތިޒާމު ހަމަޖެއްސުން ނުވަތަ ގިނަވެގެން އެއް ހަފްތާގެ ތެރޭގައި މަސްވެރިންނަށް ފައިސާ ހަވާލުކުރުންކަމަށް ސަރުކާރުން ފާހަގަކުރެއެވެ. އެގޮތުން މިސަރުކާރުން މިފްކޯ ހިންގުމާ ހަވާލުވިއުރު މަސްވެރިންގެ އަތުން މަސްގަނެ މަސްވެރިންނަށް މިފްކޯއިން ދޭންޖެހިފައިވާ 39.5 މިލިއަން ރުފިޔާ މަސްވެރިންނަށްދީ ޚަލާސްކޮށްފައިވާކަން ސަރުކާރުން ފާހަގަކުރެެއެވެ.

މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް އެކި ފޭސް ތަކުގައި ސަރުކާރުން އަންނަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން، ރ.މަޑުއްވަރި އަދި ކ.ގާފަރުގެ އައިސްޕްލާންޓްގެ މަސައްކަތް މިހާރު ވަނީ ނިމިފައި. މީގެ އިތުރުން އިތުރު 15 އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރިއަށް ގެންދަމުންނެވެ. މި މަޝްރޫއުތައް ނިމިގެންދާއިރު ޒަނާމުއްސުރެ މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބިމުގެ މައްސަލައަށް ހައްލެއް ލިބި، މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ބެހެއްޓުމަށާއި ރަނގަޅަށް ސްޓޯރ ކުރުމުގެ އިތުރުން ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ކޮލެޓީ ދެމެހެއްޓުމަށް މަގު ފަހިވެގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

މަސްވެރިން ބާނާ މަސް ވިއްކޭނެ ގޮތެއްވަންދެން އައިސްކޮށް ރައްކާކޮށްފައި ބެހެއްޓޭނެ ގޮތެއް ހެދުމަށްޓަކައިވެސް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފެލިވަރުގައި މިވަގުތު ހުރީ 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް. ފެލިވަރު އެކްސްޕޭންޝަން ޕްރޮޖެކްޓް ނިމިގެންދާއިރު 4000 މެޓްރިކް ޓަނުގެ (މިހާރު ހުރި ކެޕޭސިޓީގެ 8 ގުނަ އިތުރު) އާ ކޮލްޑް ސްޓޯރޭޖްއެއް ފެލިވަރުގައި ޤާއިމުކުރެވޭނެކަމަށް ސަރުކާރުން ބުނެއެވެ. މިވަގުތު ކުރިޔަށް ދަނީ ފެލިވަރުގައި އަލަށް ޤާއިމުކުރާ ކޯލްޑް ސްޓޯރޭޖްތައް ބިނާކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްތަކެވެ.

މީގެ އިތުރުން ކޫއްޑޫ އަދި ކަނޑުއޮތްގިރި ފެސިލިޓީ ތަރައްޤީކުރުމުގެ މަޝްރޫއޫތައް ކުރިޔަށްދާއިރު ގދ. ތިނަދޫ އާއި މ. މުލަކުގައި އާ ކޯލްޑް ސްޓޯރޭޖް ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތްތައް އަންނަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން، މި މަޝްރޫއަށް ބޭނުންވާ ކޮންސަލްޓަންސީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބިޑަށް ހުޅުވާލުމުން އެޕްލައިކޮށްފައިވާ ފަރާތްތަކުގެ ބިޑް އިވެލުއޭޝަންގެ މަސައްކަތް މިހާރު ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ގއ. ކޫއްޑޫ ގައި މިހާރު ޤާއިމުކުރެވިފައިވާ 2000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ އިތުރަށް 4000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް މިމަސައްކަތްތަކާއެކު ގާއިމްކުރެވިގެންދާނެއެވެ. އަދި ކަނޑުއޮތްގިރީގައި 200 މެޓްރިކް ޓަނުގެ އައު ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރެވޭއިރު ގދ. ތިނަދޫގައި 1000 މެޓްރިކް ޓަނުގެ އައު ކޯލްޑްސްޓޯރޭޖް ފެސިލިޓީއެއް ޤާއިމުކުރެވޭނެއެވެ. މ. މުލަކުގައި 500 މެޓްރިކް ޓަނުގެ އައު ކޯލްޑްސްޓޯރޭޖް ފެސިލިޓީއެއް ޤާއިމުކުރުމަށް ނިންމާފައިވާއިރު ފެލިވަރު، ކޫއްޑޫ، ކަނޑުއޮތްގިރި ފެސިލިޓީ އަޕްގްރޭޑްކޮށް އަދި ތިނަދޫ އާއި މުލަކުގައި އައު ސްޓޯރޭޖް ފެސިލިޓީ ޤާއިމުކޮށް ނިމުމުން، މިފްކޯއަށް މަސްގަނެވޭ މިންވަރު ދުވާލަކަށް 61 އިންސައްތައަށް އިތުރުކުރެވޭނެކަމަށް ސަރުކާރުން ބުނެއެވެ.

ކޮވިޑްގެ ދުވަސްވަރު މަސްވެރިންނަށް ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އެކުލަވާލި އިންކަމް ސަޕޯޓް އެލަވަންސް ސްކީމްގެ ދަށުން އެހީއަށް އެދިފައިވާ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 1,854 ފަރާތަކަށް 39.3 މިލިއަން ރުފިޔާގެ އެހީވަނީ ދީފައެވެ. އަދި ބޮޑު ކަންނެލި މަސް ގަންނަ 5 ކުންފުންޏަކަށް 55.4 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ. އެސްޑީއެފްސީ މެދުވެރިކޮށް ސަރުކާރުން ދޫކޮށްފައިވާ ލޯނުތަކަށް ބަލާއިރު ބޮޑު ކަންނެލި މަސް ގަންނަ 5 ކުންފުންޏަކަށް 55.4 މިލިއަން ރުފިޔާގެ ލޯނު ވަނީ ސަރުކާރުން ދޫކޮށްފައެވެ.

މީގެ އިތުރަށް މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ބަލައިލާއިރު ރާއްޖޭގެ ކަނދުފަތީގެ ވިއުގައަށް ކަނދުފަތި އިތުރު ކުރުމަށް މަސްވެރިންގެ ފަރާތުން ގިނަ ހުށަހެޅުންތަކެއް ބެލުމަށްފަހު 2022 ވަނަ އަހަރުގެ ބަޖެޓުގައި ކަނދުފަތި ޤާއިމުކުރުމަށް 9.4 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މިކަމުގެ ސަބަބުން މަސް އުޅަނދުތަކުން މަސް އައިނު ހޯދުމަށް ތެލަށް ކުރާ ޚަރަދު ކުޑަވެގެންދިޔުން އަދި މަސް ބާނާ މިންވަރު އިތުރުކުރުމަށް މަގުފައިވެންދާނެކަމަށް ސަރުކާރުން ދެކެއެވެ.  ދިވެހިރާއްޖޭގެ މަސް ބޭރުގެ ޤައުމުތަކުގެ ބާޒާރުގައި އިސްތިހާރުކޮށް އައު މާކެޓްތަކަށް ދިވެހި މަސް ކުންފުނިތަކަށް އެކްސެސެސް ވެވޭނެ މަގު ފަހިކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު މިހާރުވެސް ތުރުކީ، ރަޝިޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ފަދަ ޤައުމުތަކާއެކު މިނިސްޓްރީ އޮފް ފިޝަރީޒް އިން މަޝްވަރާކުރަމުންދާކަމަށް ފިޝަރީޒް މިނިސްޓްރީއިންނާއި ސަރުކާރުން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: