ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫ ހޮސްޕިޓަލް ތަރައްޤީކުރުމުގެ 65 އިންސައްތަ މަސައްކަތް ނިމިއްޖެ

ތިނަދޫ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން / އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 64 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މި މަޝްރޫއުގެ މަސައްކަތްތަކުގެ ތެރޭގައި އޯޕީޑީ ބިލްޑިންގ ހެދުމާއި، ލޭބަރ ވިންގް ބިލްޑިންގ އިމާރާތްކުރުމާއި، އީއާރު ބިލްޑިންގ މަރާމާތު ކުރުން ހިމެނެއެވެ.

ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ހުސްވި އަހަރު ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި މި ހޮސްޕިޓަލު ބޮޑު ކުރަން ނިންމާފައި ވަނީ މިހާރު ހުރި އިމާރާތުގައި ދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދޭނެ ޖާގައިގެ ތަނަވަސްކަން ނެތުމުންކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެމްޓީސީސީން މަޢުލޫމާތުދޭ ގޮތުގައި ހެލްތު މިނިސްޓްރީގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 33.5 މިލިއަން ރުފިޔާ ހޭދަވާނެ އެވެ. އަދި މި މަޝްރޫޢުއާއެކު އެ ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: