ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ފަރާތުން އިކޯ ޓުުއަރިޒަމްގެ 3ވަނަ އިންސްޓޯލްމެންޓް ހަވާލުކޮށްފި

އައްޑޫ ސިޓީގައި އިކޯ ޓުއަރިޒަމް ޒޯނުތަކެއް ޤާއިމްކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން/ ދިޔަރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ފަރާތުން ދިވެހި ސަރުކާރަށް އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ އިކޯ ޓްއަރިޒަމް “ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް”ގެ ދަށުން ހިންގާ 5 މަޝްރޫޢަކަށް ބޭނުންވާ ފައިސާގެ 3 ވަނަ އިންސްޓޯލްމަންޓްގެ ގޮތުގައި 11.4 މިލިއަން ދިވެހި ރުފިޔާ ހަވާލްކޮށްފިއެވެ.

މި މަޝްރޫޢުތަކަށް ބޭނުންވާ ފައިސާގެ 2 އިންސްޓްޓޯލްމަންޓްއެއް ވަނީ މީގެކުރިން ހަވާލުކުރެވިފައެވެ. އެގޮތުން ޖުލައި 2020 އަދި މާރޗް 2021 ގައިވެސް 11.49 މިލިއަން  ރުފިޔާ ވަނީ ސަރުކާރާއި ހަވާލުކުރެވިފަ އެވެ.

އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ފެބްރުއަރީ 2020 ގައި ވަނީ އިކޯ ޓުއަރިޒަމްގެ 5 މަޝްރޫއަކަށް އެހީގެ އެއްބަސްވުމެއްގައި ސޮއިކުރެވިފަ އެވެ.

މި އެހީގެ އެއްބަސްވުމުގެ ދަށުން މަޝްރޫޢުތަށް ކުރިއަށްގެންދެވުމަށް ހަމަޖެހިފައިވަނީ ފޭދޫ، މީދޫ، ހިތަދޫ، ހުޅުދޫ އަދި މަރަދޫގައި އެވެ. އެގޮތުން  38 މިލިއަން ރުފިޔާ ވަނީ ގްރާންޓްގެ ގޮތުގައި ހަމަޖައްސާދީފައިވެ އެވެ. މިމަޝްރޫޢުތަކުގެ ސަބަބުން އައްޑޫގައި ވަޒީފާގެ ފުރުސަތުތަށް މަގުފަހިވެ، އިކޯ ޓާުއަރިޒަމްގެ ފުރުސަތު ފުޅާވެގެންދާނެ އެވެ.

މީގެ އިތުރުންވެސް މި ސްކީމްގެ ދަށުން މިހާރު ވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ތެރޭގައި، މަރަދޫ، ހިތަދޫ، ހުޅުދޫ އަދި ކެނދިކުޅުދޫގައި 4 ފިޝް ޕްރޮސެސިންގ ޕްލާންޓް، ހޯރަފުށީގައި ފެން ބަންދުކުރާ ޕްލާންޓް، އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑިޓޮކްސް ސެންޓަރެއް ގާއިމްކުރުމާއި އަދި ހަނިމާދޫގައި ގާއިމްކުރެވިފައިވާ އެގްރިކަލްޗަރަލް ރިސާޗް ސެންޓަރގައި ސޮއިލް ޓެސްޓިންގ ލެބްއެއް ގާއިމު ކުރުން ހިމެނެއެެވެ.

ހަމަ އެއާއިއެކު އިތުރު 8 ޕްރޮޖެކްޓަކަށް ގްރާންޓްގެ ގޮތުގައި 70 މިލިއަން ދިވެހިރުފިޔާ ހަމަޖައްސާ ދެއްވުމަށްޓަކައި އޮކްޓޫބަރ 2021 ވަނީ އެމްއޯޔޫގައި ސޮއެކުރެވިފަ އެވެ.

މި މަޝްރޫއުތަކުގެ ތެރޭގައި ތ. ތިމަރަފުށި އަދި ތ. ވޭމަންޑޫގައި މަގު ބައްތި ހަރުކުރުމާއި، ލ. މާބައިދޫގައި އައިސް ޕްލާންޓެއް ގާއިމުކުރުމާއި، އދ. ދަނގެތީގައި އިތުރު ކަލްޗަރަލް ސެންޓަރެއް އިމާރާތް ކުރުމާއި، ނ. މިލަދޫގައި ކައުންސިލް އިދާރާއެއް އިމާރާތް ކުރުމާކުރުމާއި، ގދ. ތިނަދޫގެ އަބޫބަކުރު ސްކޫލްގައާއި ލ. ގަން ޅައްދޫ ސްކޫލްގައި އާއި ހއ. ދިއްދޫގެ އަތޮޅު ތައުލީމީ މަރުކަޒުގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓިންގ ޔުނިޓްތަކެއް ގާއިމްކުރުމާއި އެމް.އެން.ޑީ.އެފްއަށް ބޭނުންވާ ސީއެމްބިއުލެންސް ހޯދުމަށާއި މާލޭގެ އޮލިމަޕަސް ތިއޭޓަރު އަޕްގްރޭޑް ކުރުން ހިމެނެ އެވެ.

އެޗްއައިސީޑީޕާގެ އަސާސްވެގެން ދާނީ އިންޑިއާއާއި ދިވެހިރާއްޖޭގެ ދެމެދުގައިވާ ވަރުގަދަ ތަރައްޤީގެ ގުޅުމަށް އެޅިގެންދާނެ އެވެ. މި މަޝްރޫއުތަށް ކަނޑއެޅިފައި ވަނީ ކުރެވިފައި ވަނީ އެ ރަށެއްގެ ރައްޔިތުންގެ ބޭނުންތަކަށް ބިނާކޮށެވެ.

މިއީ ސިޓީ އަދި ލޯކަލް ކައުންސިލްތައް ބަލަހައްޓާހިންގާނެ މަޝްރޫޢުތަކެކެވެ. އަދި އޭގެ ސަބަބުން ކައުންސިލްތަކުގެ ދަޢުރު ފުޅާވެ ދިވެހިރާއްޖޭގެ ސަރުކާރުން ހިންގާ ޑީ-ސެންޓްރަލައިޒޭޝަން މަސައްކަތަށް އެއްބާރުލުމެއް ކަމުގައި ވެގެންދާނެ އެވެ.

އިންޑިއާގެ ސަރުކާރުން އުންމީދުކުރަނީ މި މަޝްރޫއުތަށް ނިމުމާއިއެކު މި ރަށްރަށުގެ ރައްވެހިންނަށް ހެޔޮ ބަދަލަކަށް ވެގެންދާނެ ކަމުގައިއެވެ. އަދި ހަމައެހެންމެ މި މަޝްރޫއުތަކުގެ ސަބަބުން އިންޑިއާ ދިވެހިރާއްޖޭގެ ގުޅުމަށް އައު ބާބެއް ލިޔެވިގެން ދާނެކަމުގައި އުންމީދުކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: