ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑަބްލިއުއެޗްއޯ އަކީ ފެއިލްވެފައި އޮތް މުއައްސަސާއެއް: ޑރ ޑީޑީ

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ޑރ. ޑީޑީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަގްވާމީ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އަކީ ފެއިލްވެފައިވާ މުއައްސަސާއެއްކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަމުން ޑރ. ޑީޑީ ވިދާޅުވީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން ވަނީ މައުލޫމާތު އާއްމުކުރުމުގައި އާއި ރައްޔިތުންނަށް ސައްހަ މައުލޫމާތު ދިނުމުގައި ފެއިލް ވެފައިކަމަށެވެ. އަދި މި ޖަމިއްޔާއިން އާއްމުންނާއި ހިއްސާކުރާ ވާހަކަތަކަކީ ތެދު ކަމަށް އޭނާ އަށް ގަބޫލުނުކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން އެންމެ ފުރަތަމަ ދުނިޔެ ކޮވިޑު ތަހައްމަލު ކުރަން ފެށި ދުވަސްވަރު، މި ޖަމިއްޔާއިން ކޮވިޑަކީ އާއްމު ރޯގާއެއް ކަމަށާއި ބަލީގެ މާބޮޑު ސީރިއަސްކަމެއް ނެތް ބައްޔެއްގެ ގޮތުގައި އާއްމުންނަށް މައުލޫމާތު ދީފައިވާކަން ޑރ. ޑީޑީ ފާހަގަކުރެއްވިއެވެ. ނަމަވެސް ހަލުއިކަމާއިއެކު ފެތުރެން ފަށައި ސީރިއަސް ހާލަތަކަށް ދުނިޔެ ވެއްޓުމާއި އެކު، އެންމެ ފުރަތަމަ އާއްމުންނާއި ހިއްސާކުރި މައުލޫމާތު ރަނގަޅު ނޫން ކަމަށާއި އެކަމަށް މާފަށް އެދިފައިވާ ކަން ވެސް ޑީޑީ ފާހަގަކުރެއްވިއެވެ.ޑީޑީ ވިދާޅުވި ގޮތުގައި ސިއްހަތު ޖަމިއްޔާގެ މި އަމަލުން ވެސް ދޭހަވެގެން ދަނީ، ޖަމިއްޔާގެ ނާގާބިލު ކަމާއި މި މުއައްސަސާ ފެއިލް ވެފައިވާ ކަމެވެ.

މީގެ އިތުރުން، ފާއިތުވި ދުވަސްތަކުގައި ރައްޔިތުން އެންމެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަންކަމަށް ޑރ. ޑީޑީ ވަނީ އަލިއަޅުވާލާފައެވެ. އެގޮތުން މުއްދަތު ހަމަވެފައިވާ ވެކްސުިންތަކެއް ރާއްޖެއިން ބޭނުންކުރާ ކަމަށް ބުނެ ގިނަ ބަޔަކު ދައްކަމުންދާ ވާހަކައަށް ޑރ ޑީޑީ ވަނީ ތާއިދު ކުރައްވާފައެވެ. ވެކްސިންތަކަކީ ވަކި މުއްދަތަކަށް ބޭނުންކުރުމަށް ދީފައިވާ ވެކްސިންތަކެއް ނަމަވެސް ސިއްހަތު ޖަމިއްޔާއިން މި މުއްދަތު އިތުރު ކޮށްފައިވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވެފައިވާ ވާހަކައަށް ރައްދުދެމުން ޑީޑީ ވިދާޅުވީ ޑޮކްޓަރެއްގެ ހައިސިއްޔަތުގައި ހުރެ އެފަދަ ވާހަކައެއް ދައްކައިގެން ވެސް ނުވާނެ ކަމަށެވެ.

“ޑރ. ނަޒްލާ ދެއްކި ވާހަކަތަކަކީ ހަމަ ސީދާ މެޑިކަލް އެތިކްސް އާއި ހިލާފު ވާހަކަތަކެއް. އެއީ ޑޮކްޓަރެއްގެ ހައިސިއްޔަތުން ދައްކަން ޖެހޭ ވާހަކަތަކެއްވެސް ނޫން” ޑރ ޑީޑީ

ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ޑރ. ޑީޑީ ވަނީ ވެކްސިން ތަކުގެ ސައްހަ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ވެކްސިންގެ ސައްހަ މައުލޫމާތު ކަމަށް ގަބޫލުކުރެވޭނީ އެވެކްސިނެއް އުފައްދާ ކުންފުންޏަކުން އާއްމުންނާއި ހިއްސާކުރާ މައުލޫމާތު ތަކުގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކަތައް ކަމަށްވެސް ޑރ. ޑީޑީ ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯ އިން ވެކްސިން ތަކުގެ މައުލޫމާތު މިއަދު ހިއްސާކުރާ އިރު، ވެކްސިން އުފެއްދި ކުންފުންޏަކުން މި ވެކްސިން ތަކާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ދީފައިނުވާ އިރު، ވަކި ސިއްހަތު ޖަމިއްޔާއިން ދައްކާ ވާހަކަތައް ރައްޔިތުންނަށް ނުފުދޭ ކަމަށް ޑރ. ޑީޑީ ފާހަގަކުރެއްވިއެވެ. މިވަގުތު ރައްޔިތުން ބޭނުންވަނީ ކޮވީޑުން ދިފާއު ވުމަށްޓަކައި ރައްޔިތުންނަށް ދެމުންދާ ވެކްސިން ތަކުގެ ދިރާސާ ރަނގަޅަށް ކުރެވި، ވެކްސިން ގެ ރަނގަޅު ފުރިހަމަ މައުލޫމާތާއި ޔަގީން ކަން ރައްޔިތުންނަށް ލިބިގެންދިއުން ކަމަށް ޑރ. އިބްރާހިމް ދީދީ ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: