ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ބޭނުމީ ރައީސް ޔާމީން ގައުމާއި މުހާތަބު ކުރައްވާ އަޑުއަހަން އެކަނި: ހިސްޓޯ

ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގު މުފީދު ( ހިސްޓޯ)/ ފޮޓޯ:- ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ހާލުގައި ދިވެހި ރައްޔިތުން ބޭނުންވަނީ ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދައްކަވާ ވާހަކަފުޅު އަޑު އަހަން ކަމަށް ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގު މުފީދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ޝިފާގު ވިދާޅުވީ، ދިވެހި ރައްޔިތުން މިވަގުތު އަޑު އަހަން ބޭނުމީ ރައީސް ޔާމީން ރައްޔިތުންނާއި މުހާތަބުކޮށް ދައްކާ ވާހަކަފުޅު އެކަނި ކަމަށެވެ.

ރައީސް ސޯލިހަށް ވުރެ ރައީސް ޔާމީނަށް އޮތް ތާއިދު ބޮޑުކަން ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ދެ އިސް ލީޑަރުން ބޭއްވި ތަފާތު ދެ ޖަލްސާއިން ފެނިގެން ދިޔަކަން ފާހަގަކޮށް ޝިފާގު ވިދާޅުވީ ރައީސް ސޯލިހު މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވި އިރު، ޖަލްސާ އަޑުއަހަމުން ދިޔައީ 100 އެއްހާ މީހުން ކަމަށެވެ. އަދި ހަމަ އެރޭ އެވަގުތު އިދިކޮޅު ކޯލިޝަނުން ބޭއްވި، ”ކޮތަރު ކޮށި“ ޖަލްސާގައި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމު ދެއްކެވި ވާހަކަފުޅު އެތައް ހާސް ރައްޔިތުންނެއް އަޑު އެހިކަމަށް ޝިފާގު ވިދާޅުވި އެވެ.

ޝިފާގު ވިދާޅުވި ގޮތުގައި ރައީސް ސޯލިހު މިހާރު ދައްކަވާ ވާހަކައަކީ އެއްވެސް ބަޔަކު ގަބޫލުކުރާ ވާހަކަތަކެއް ނޫނެވެ. އަދި އެމަނިކުފާނު ވެރިކަމާއި ހަވާލުވުމަށް އެމަނިކުފާނު ރައްޔިތުންނަށް ހުވަފެންތަކާއި ވީ ވައުދުތައް ނުފުއްދޭ ކަމަށް ވިދާޅުވި އެވެ.

މިނިވަންވެވަޑައިގެން ރައީސް ޔާމިން ބައިވެރިވެވަޑައިގެންނެވި ބޮޑު ދެ ޖަލްސާއިން ވެސް ސަރުކާރު އެމަނިކުފާނާއި މެދު ޖެހިލުންވާ މިންވަރު އެނގޭކަމަށް ޝިފާގު ވިދާޅުވި އެވެ.

މީގެ އިތުރުން މިއަދު ރާއްޖޭގައި އޮތް ސަރުކާރުން ރައީސް ޔާމީނަށާއި، އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކަށް ފުރުސަތު ނުދޭކަމަށް ޝިފާގު ވިދާޅުވި އެވެ. އަދި އިދިކޮޅު ހަރަކާތްތައް ކުރިއަށްގެންދިއުމަށް މަގުތަކަށް ނިކުތުމުގެ އެއްވދސް ފުރުސަތު ނުދޭކަން ފާހަގަ ކުރެއްވި އެވެ.

ޕްރޮގްރާމުގައި ވާހަކަދައްކަމުން ޝިފާގު ވިދާޅުވީ ރައީސް ޔާމީން މިނިވަން ވެ، ރައްޔިތުންނާއި މުހާތަބު ކުރުމަކީ މި ސަރުކާރުން އެހާ އެދޭ ކަމެއް ނޫންކަމަށެވެ. މަޖިލިސް އިންތިހާބައި ދިމާކޮށް އެންމެ ފުރަތަމަ ރައީސް ޔާމީން ހައްޔަރު ކުރީ ވެސް އިދިކޮޅަށް އޮތް ތާއީދު ގެއްލުވާލުމަށްކަމަށް ޝިފާގު ވިދާޅުވި އެވެ.

ހަމައެއާއިއެކު އޭނާ ވިދާޅުވީ ރައީސް ޔާމީނަށް އިއްވި ޖަލު ހުކުމަށް ފަހު، މިހާރު މައުސޫމް ބޭފުޅެއްގެ ގޮތުގައި ވަޑައިގެން ދިނާއި ގައުމުގެ ދިފާއުގައި އެމަނިކުފާނު މަސައްކަތްތައް ފައްޓަވާފައިވާ ކަމަށެވެ.

ރައީސް ޔާމީނު ބައިވެރިވެ ސިޔާސީ ހަރަކާތްތައް ހިންގުމަކީ ސަރުކާރުން ބޭނުން ކަމެއް ނޫންނަމަވެސް ކުރިޔަށް އޮތް ތަނުގައި ހަރަކާތްތައް އިތުރަށް ވަރުގަދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: