ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޫސްޓަރ ޑޯޒް ލިބުނު އެންމެ އަވަހަކަށް ވެކްސިން ފަށާނެ: އަފްޒަލް

ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރ އިބްރާހިމް އަފްޒަލް ވާހަކަދައްކަވަނީ / ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޫސްޓަރ ޑޯޒް ލިބުނު އެންމެ އަވަހަކަށް ވެކްސިން ފަށާނެކަމަށް ޑޮކްޓަރ އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

އެންމެ ފަހުގެ ޑޭޓާތަކަށް ބަލާއިރު އޮމިކްރޯ ވޭރިއެންޓަކީ އެކަކު ގައިން އަނެކަނު ގަޔަށް ޖެހުމުގެ ފުރުސަތު ބޮޑު ވޭރިއަންޓެކެވެ. ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރ އަފްޒަލް ވިދާޅުވެފައިވަނީ، އެޗްޕީއޭއަށް ލިބިފައިވާ މައުލޫމާތްތަކަށް ބަލާއިރު ދީފައިވާ 2 ޑޯޒްއާއެކުވެސް މިވޭރިއަންޓް ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންނަމަވެސް ބޫސްޓަރ ޑޯޒް ޖެހުމަށްފަހުގައި ލިބޭރައްކާތެރިކަން އިތުރު ވެގެންދާނެކަމަށް ޑރ އަފްޒަލް ވިދާޅުވިއެވެ.

މީގެކުރިންވެސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރ ނަޒްލާ ވިދާޅުވެފައިވަނީ ޑިސެންބަރ މެދުތެރެއިން އެއް ލައްކަ ބޫސްޓަރ ޑޯޒް ލިބިގެންދާނެކަމަށެވެ. ނަމަވެސް މިހާތަނަށް ބޫސްޓަރ ޑޯޒް ލިބުމުގައި ކުޑަކޮށް ލަސްވެފައިވާކަމަށާއި ބޫސްޓަރ ޑޯޒް ލިބުނުހާއި އަވަހަކަށް ވެކްސިން ޖަހަން ފަށާނެ ކަމަށް ވެސް އަފްޒަލް ވިދާޅުވެފައިވެއެވެ.

ބޯސްޓަރ ޑޯޒް މިހާރު ހުޅުވާލެވިފައިވަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށާ އަދި އިތުރު ބަލިތަށް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށާއި ދާއިމީ ބައްޔަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށެވެ. ބޭސްޓަރ ޑޯޒްޖެހުމަށް ބުކްކުރުމަށް ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް އެޕޮއިންޓްމެންޓް ބުކްކުރެވޭނެއެވެ.

ކުރިއަށް އޮތްދުވަސްވަރަކީ ސްކޫލް ޗުއްޓީ ދުވަސްވަރު ކަމަށްވާއިރު، ގިނަ ފަރާތްތަކުން ރަށްރަށަށް ދަތުރު ކުރަމުންދާނެއެވެ. އެހެންކަމުން، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް ހުންނާނެ ކަމަށް އަފްޒަލް ވިދާޅުވެފައިވެއެވެ. މީގެތެރޭގައި، ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުމާއި، ގިނަ ގިނައިން އަތް ދޮވުމާއި، ގިނަ މީހުން ތިބޭތަންތާގަ ގައިދުރުކަން ބެހެއްޓުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: