ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީގެ މެމްބަރުކަމުން ޝަކީލް އިސްތިއުފާ ދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެންބަރު އިބްރާހީމް ޝަކީލް އެ ކޮމިޝަނުން އިސްތިއުފާ ދެއްވުމަށް ނިންމަވައިފި އެވެ.

އޭސީސީގެ މެންބަރުކަމަށް ދަފްތަރު ނަންބަރު 3654، އިބްރާހީމް ޝަކީލް އައްޔަންކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ އޮގަސްޓް 25ގައެވެ.

މެންބަރުކަމުން އިސްތިއުފާދެއްވާ ރައީސްއަށް ޝަކީލް ފޮނުއްވި ސިޓީގައި އިސްތިއުފާދެއްވި ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ އޭސީސީގެ މެންބަރުން ވަކިކުރުމަށް މަޖިލީހުން ނިންމި ނިންމުމެވެ.

ޝަކީލް އިސްތިއުފާދެއްވާފައި މިވަނީ އޭސީސީގެ މެންބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށް މާދަމާ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ތައާވަލުކޮށްފައި ވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: