ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

އޭސީސީގެ ރައީސާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މިހާރު ތިއްބެވި ތިން މެންބަރުން އެ ކޮމިޝަނުން ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އިއުލާން ކުރުމަށްފަހު ގަވާއިދުގައިވާ ގޮތުގެ މަތިން އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރުމަށް ނިންމާ އެކަން މަޖިލީހުގައި އިއުލާނު ކޮށްފައިވެއެވެ. ދައުރުން ބޭރުގައިބޭއްވި މިޖަލްސާގައި އެކަން އިއުލާނު ކޮށްފައިވާއިރު އެ މައްސަލަ ދިރާސާކުރުމަށް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

މި ޖަލްސާ މިއަދު ފެށުނުތަނާ އޭސީސީގެ މެންބަރު އިބްރާހީމް ޝަކީލް އިސްތިއުފާ ދެއްވި ކަން އަންގާ ރައީސް އޮފީހުން ފޮނުވި ސިޓީ ވަނީ ރައްޔިތުންގެ މަޖިލީހުގައި އިއްވާފަ އެވެ. އެހެންކަމުން އޭސީސީގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބް ރައީސް ފާތިމަތު އަނޫލާ އަދި އައިޝަތު އަބްދުﷲ އެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ތަޅުމުގައި އިއުލާނު ކުރުމުން، ދެން އެ މައްސަލައިގައި ތަޅުމުގައި ބަހުސްކުރުމެއްނެތި، ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވޭނެއެވެ. އެގޮތަށް ދިރާސާކުރާއިރު، ވަކިކުރާ ފަރާތްތަކަށް މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުސަތު ދެވޭނެއެވެ.

މި މައްސަލަ ކޮމިޓީން މައްސަލަ ނިންމާގޮތުގެ ރިޕޯޓް ކޮމިޓީ މެމްބަރުންނަށް ފޮނުވުމަށްފަހު ތިން ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެ ރިޕޯޓް މަޖިލީހުގެ ތަޅުމަށްގެނެސް ދެ ގަޑިއިރުގެ ބަހުސެއް ކުރުމަށްފަހު އެ މައްސަލައިގައި މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: