ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓު ސަރަހައްދުން މިހާރު އެ ފެންނަނީ، ސަރުކާރުގެ ނާގާބިލުކަން: މުއިއްޒު

މާލޭގެ ލޭންޑްޔޫސް ޕްލޭން އެކުލަވާލުމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގެ ތެރެއިން މޭޔަރު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެއްވެސް އަސާސީ ހިދުމަތެއް ގާއިމު ކުރެވިފައި ނެތުމުން ދޭހަވަނީ ސަރުކާރުގެ ނާގާބިލު މިންވަރުކަމަށް މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ މުއިއްޒު ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން ހިޔާ ފްލެޓުގެ ރައްޔިތުންނަށްޓަކައި ކުރެއްވި އެއްވެސް މަސައްކަތެއް ފެންނަން ނެތް ކަމަށެވެ. އެމަނިކުފާނު ވައުދުވާ ކަންތަކާއި އިދިކޮޅަށް މަސައްކަތް ކުރައްވާއިރު، ސަރުކާރުގެ ނާގާބިލުކަން ބޭނުންވާ އާއްމު ރައްޔިތަކަށް އެ މަންޒަރު އެންމެ ސާފުކޮށް ފެންނާނީ ފޭސް ދޭއް ސަރަހައްދުން ކަމަށެވެ.

ހިޔާ ފްލެޓުތަކަށް ބަދަލު ވީ ރައްޔިތުންނަށް މި ސަރުކާރުން ދީފައިވަނީ ބޮޑު ނިކަމެތިކަމެއްގެ ގޮތުގައި ފާހަގަކޮށް މުއިއްޒު ވިދާޅުވީ ރައްޔިތުން ބަދަލުވާނެ ދުވަހަކާއި ގާތްކޮށް އެތަނުގައި ބަހުގެ ހިދުމަތް ވެސް ފަށާފައި ނުވާ ކަމަށެވެ. ސްކޫލުތަކާއި ހޮސްޕިޓަލް ފަދަ އެއްވެސް އިމާރާތެއް ތަނުގައި ނެތްއިރު މި ސަރުކާރުން ތިން އަހަރު ދުވަސް ވޭތު ކުރީ ހިޔާ ފްލެޓުތަކަކީ “ކޮތަރު ކޮށީ” ގެ ގޮތުގައި ރައްޔިތުންނަށް ދެއްކުމުގެ ތެރޭގައިކަމަށް އޭނާ ވިދާޅުވި އެވެ.

ފްލެޓުތަކުގެ ކުލި ކުޑަ ކުރުމަށް އެދި އެކި ފަހަރު މަތީން ރައީސާއި ބައްދަލު ކުރުމުން، އެގޮތަށް މަސައްކަތް ކުރައްވާނެކަމަށާއި އަގު ކުޑަ ކުރައްވާނެކަމަށް އަނގަބަހުން ވިދާޅުވުމަށް ފަހު އެންމެ ފަހުން ސިޓީއެއް ފޮނުވައި ހިޔާ ފެލްޓުތަކުގެ ކުލި ކުޑަ ކުރެވެން ނެތްކަމަށް ރައީސް އޮފީހުން އަންގާފައިވާކަމަށް މުއިއްޒު ވިދާޅުވި އެވެ. މީގެ އިތުރުން ކުއްލި ދައްކަން ފަށާ މުއްދަތު ނުވަ މަސް ދުވަހަށް ފަސްކޮށްދޭން އެދުމުން ވެސް، އެގޮތަށް ހަމަޖައްސައިދެވެން ވެސް ނެތްކަމަށް ސަރުކާރުން އަންގާފައިވާކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ދެކޭ ގޮތުގައި ހިޔާ ގެ އަގު ކުޑަ ނުކުރެވެން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އަދި ޓެކްނިކަލީ ކަން އޮތް ގޮތް ބެލުމަށްފަހު ކުރެވުނު ދިރާސާތަކުންވެސް ސަރުކާރުން އަގު ކުޑަ ނުކުރެވޭނެ ކަމަށް ނިންމަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ހިޔާ ފްލެޓުގެ ފިނިޝިންގެ މަސައްކަތް ނުނިމި އޮތުމާއި ގުޅިގެން، 3 މަސް ދުވަހުގެ އިތުރު މުއްދަތެއް ދިނުމަށް އެދިފައި ވީ ނަމަވެސް، ގިނަ ރައްޔިތުންތަކެއް ހާލުގައި ޖައްސައި، ނިކަމެތި ކޮށްލަން ޖެހުނީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

މުއިއްޒު ވަނީ ސަރުކާރުން ހިޔާ ފްލެޓުގެ ކަންތަކުގައި އެފަދަ ގޮތަކަށް އަމަލު ކުރަމުން ދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރާއި ރައްޔިތުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމުގެ ގޮތުން ކަމަށް ވިދާޅުވެފައެވެ. މޭޔަރ ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރާއި މެދު ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރި ނަމަވެސް، ކަން އެފަދައިން ނުހިންގާނެއެވެ. އެއީ މިވަގުތު ވެރިކަމާއި ހަވާލު ވެގެން ތިބީ ރައީސް ޔާމިނު ނުވަތަ އެމަނިކުފާނުގެ ސަރުކާރުގައި ތިއްބެވި ބަޔަކު ކަމަށް ނުވާތީ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ފޭސް 2 އަކީ މުޅިން އެއްކޮށް ޕްލޭން ކުރެވިފައިވާ ތަނެއްކަމަށެވެ. އެތަނުގެ މަގުތަކާއި، ސްކޫލުތައް އަދި ބިނާ ކުރާނެ މިސްކިތްތައް ވެސް ޕްލޭން ކުރެވިފައިވާ އިރު، 2 އަހަރާއި 6 މަހުގެ ތެރޭގައި ޕްލޭން ކުރެވިފައިވާ ހުރިހާ އިމާރާތެއް އެޅޭނެ ކަމަށެވެ. އެހެން ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރަށް 3 އަހަރުވެ ނިމިގެން ދިޔަ އިރުވެސް، މިއިން އެއްވެސް ކަމެއް ކުރެވިފައި ނުވާކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ ސަރުކާރުން މިފަދައިން އަމަލު ކުރުމަކީ ރައްޔިތުންނަށް ދެވޭ ނިކަމެތިކަމެއް ކަމަށް ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: