ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގެ ދެ މިސްކިތެއްގެ ތެރެއަށް ބަޔަކު ބޮޑުކަމު ގޮސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫސިޓީ ފޭދޫގެ ދެ މިސްކިތަކަށް ބަޔަކު ވަދެ އެތަންތަނަށް ބޮޑުކަމު ގޮސްފިއެވެ.

ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސަލްމާ ވިދާޅުވީ، މިއަދު ފަތިހުގެ ވަގުތެއްގައި ފޭދޫގެ މަސްޖިދުލް އަމާނި އާއި މަސްޖިދުލް ނަޞްރި އަށް ވަދެ ބަޔަކު އެތަނަށް ގެއްލުން ދީފައިވާ ކަމަށެވެ. އަދި މިސްކިތް ތެރެއަށް ބޮޑުކަމު ގޮސް، އެތަން ހަޑިކޮށް، މިސްކިތުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށްވެސް ސަލްމާ ވިދާޅުވިއެވެ.

މި މައްސަލައަކީ ކައުންސިލުން އިންތިހާއަށް ކަންބޮޑުވާ، ދަށު ދަރަޖައިގެ ފިނޑި އަމަލެއްގެ ގޮތުގައި ސަލްމާ ވަނީ ސިފަކުރައްވާފައެވެ. އަދި މި މައްސަލަ އަވަސް މައްސަލައެއް ގޮތުގައި ބެލުމަށް އައްޑޫ ފުލުހަށް ހުށަހަޅާފައިވާ ކަމަށްވެސް ސަލްމާ ވިދާޅުވިއެވެ.

ސަލްމާ ވިދާޅުވީ މި މުޑުދާރު އަމަލު ހިންގި މީހުންގެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވައި ދެއްވުމަށް އައްޑޫ ޕޮލިސް ސްޓޭޝަނަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 13%ވަރަށް ދެރަ 88%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: