ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖެހިޖެހިގެން ދެވަނަ އަހަރު ރާއްޖެއަށް ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑު

މިއީ ރާއްޖެއަށް މިއެވޯޑް ޖެހިޖެހިގެން ލިބުނު ދެވަނަ އަހަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖެހިޖެހިގެން ދެވަނަ އަހަރު ރާއްޖެއިން “ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން” އެވޯޑު ކާމިޔާބުކޮށްފިއެވެ.

ރާއްޖެއިން މި ޝަރަފްވެރި އެވޯޑު ހާސިލްކޮށްފައިވަނީ 16 ޑިސެންބަރު ވަނަ ދުވަހު ވާޗުއަލްކޮށް ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2021 ގެ ހަފްލާގައެވެ.

1993 ވަނަ އަހަރު ދޭން ފެށި ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި، މަޝްހޫރު އަދި އެންމެ އިތުބާރު ބޮޑު އެވޯޑެވެ. އެ އެވޯޑަކީ ދުނިޔޭގެ ފަތުރުވެރި މަންޒިލްތަކުގެ ފެންވަރާއި މަގުބޫލުކަން ކަނޑައަޅައިދޭ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެހާ ފަރާތްތަކުގެ އިތުބާރު ލިބިފައިވާ އެންމެ މަގުބޫލު އެވޯޑެވެ. ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ބޮޑެތި ގޮންޖެހުތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި މިފަދަ ޝަރަފުވެރި އެވޯޑެއް ރާއްޖެއަށް ލިބުމަކީ މުޅި ގައުމާއި ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު މުހިންމު ކާމިޔާބެއް ކަމުގައި ފާހަގަކުރަމެވެ. ވޯލްޑް ޓްރެވަލް އެވޯޑސްއިން ދޭ އެންމެ ޝަރަފުވެރި މި އެވޯޑް ދިވެހިރާއްޖެއިން ހާސިލް ކުރީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކާ ވާދަކޮށްގެންނެވެ. ރާއްޖެއިން ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑު ހާސިލްކޮށްފައިވަނީ ދުނިޔޭގެ 18 މަންޒިލަކާ ވާދަކޮށްގެނެވެ. މީގެތެރޭގައި ދުބާއީ، ސްޕެއިން، ވިއެޓްނާމް، ޔޫއެސްއޭ އަދި ގްރީސް ހިމެނެއެވެ.

މި ކާމިޔާބީއާބެހޭ ގޮތުން ވާހަކަ ދައްކަވަމުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، (ވިޒިޓް މޯލްޑިވްސް) ގެ ޗީފް އޮޕަރޭޓިން އޮފިސާ އަދި މެނޭޖިން ޑިރެކްޓަރ ތައްޔިބް މުހައްމަދު ވަނީ ރާއްޖެއަށް މި އެވޯޑު ހާސިލްކުރުމަށް ވޯޓު ދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ކާމިޔާބީ ހާސިލްވީ ސަރުކާރާއި، މިނިސްޓްރީ އޮފް ޓުއަރިޒަމް އަާއި، އެސޯސިއޭޝަންތަކާއި، އެންޖީއޯތައް އަދި ފަތުރުވެރިކަމުގެ ދާއިރާގެ އެންމެހާ ބައިވެރިން ކުރަމުންދާ ބުރަ މަސައްކަތުގެ ސަބަބުންކަން ތޮއްޔިބް ވިދާޅުވިއެވެ. އަދި ރާއްޖެއަކީ އެންމެ މަޤުބޫލު އަދި ރައްކާތެރި މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކުރުމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ޕްރޮޑަކްޓްތަކާއި، ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީގެ ސްޓާފުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތް ތައްޔިބް ފާހަގަކުރެއްވިއެވެ. އަދި ކޮވިޑަށް ފަހު ފަތުރުވެރިކަން ދަތުރުކުރުމަށް ޖެހިލުންވެފައި ތިބި މި ދުވަސްވަރު، ފަތުރުވެރިންގެ އިތުބާރު ހޯދުމަށް އެމްއެމްޕީއާރުސީއިން ބުރަ މަސައްކަތްތަކެއް ކުރާކަން ތޮއްތިބް ފާހަގަކުރެއްވިއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ކުރިމަތިވި ގޮންޖެންތަކާއެކުވެސް ރާއްޖެއިން 2020 ވަނަ އަހަރު ފުރަތަމަ ފަހަރަށް ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން އެވޯޑު ހާސިލްކުރީ، ދިވެހިރާއްޖޭގެ ބޯޑަރު އަލުން ފަތުރުވެރިންނަށް ހުޅުވާލެވި، އެއާއެކު މިދާއިރާގައި ހިމެނޭ ހުރިހާ ފަރާތްތަކުގެ މިންނެތް މަސައްކަތާއި އެއްބާރުލުމާއެކު އެވެ. އެގޮތުން އަލުން ބޯޑަރު ހުޅުވައި ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ތައްޔާރުވުމުގެ ގޮތުން އެންމެ ބޮޑު އަހަމިއްޔަތު ކަމެއް ދެވިގެން ގޮސްފައިވަނީ ކޯވިޑް-19 ގެ ސަބަބުން އެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށާއި ދިވެހިރާއްޖެ ގުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ އުފެދިފައި އޮންނަ އޮތުމާއި ކޮންމެ ރިސޯޓެއް ވަކި ރަށެއްގެ ގޮތުގައި ތަރައްގީވެފައި އޮންނަ ގޮތް ބުނެދީ، އެކަންކަން ޕްރޮމޯޓްކުރުމަށެވެ.. މި މަސައްކަތުގެ ސަބަބުން ދިވެހިރާއްޖެ ވެގެން ގޮސްފައިވަނީ އެންމެ “ރައްކާތެރި މަންޒިލް” ގެ ގޮތުގައެވެ. އެގޮތުން ދިވެހިރާއްޖޭގެ ބޯޑަރު ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުމާ ގުޅިގެން މި މެސެޖު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކައި އިޝްތިހާރުކުރެވި ފަތުރުވެރިންގެ ރައްކާތެރި ކަމަށްޓަކައި އެޅިފައިވާ ހަރުދަނާ ފިޔަވަޅުތަކާއި އުސޫލުތައް ވެސް ބުނެދެވިގެން ގޮސްފަ އެވެ.

2021 ވަނަ އަހަރުގެ މިހާތަނަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް 24 މާކެޓެއްގައި 209 ހަރަކާތް ހިންގާފަ އެވެ. މީގެތެރޭގައި 109 މާކެޓިން ކެމްޕެއިން އާއި، 60 ފެއާއާއި ވާޗުއަލް ހަރަކާތުގެ އިތުރުން 10 ރޯޑް ޝޯ އަދި 30 ފެމިލަރައިޒޭޝަން ދަތުރު ހިމެނެއެވެ.  އިންޓަރވިއުއާއި އެހެނިހެން ހަރަކާތްތައް ލައިގެން މުޅި އަހަރު ތެރޭ ވިޒިޓް މޯލްޑިވްސްއިން ވަނީ 400 ހަރަކާތް ހިންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: