ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުޅަނދު ރަޖިސްޓްރީކޮށް، ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ގަވާއިދު އާއްމުކޮށްފި

މާލޭ މަގުމަތި— ފޮޓޯ: ދުވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުން ކުރެވޭނެ މުއްދަތު ކަނޑައަޅެމުގެ ގަވާއިދު އާއްމުކޮށްފި އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 24 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ގާނޫނުގެ 3 މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ ރަށްރަށާއި ސިޓީތަކާއި އެ ނޫންވެސް ސަރަހައްދުތަކުގައި ބޭނުން ކުރެވޭނެ އުޅަނދުތަކުގެ އަދަދާއި، އުޅަނދު ބޭނުން ކުރެވޭނެ މުއްދަތު ކަނޑައަޅާ ފަރާތްތަކުން އަމަލު ކުރަންޖެހޭ އަސާސީ މިންގަނޑުތަކާއި އެ މިންގަނޑުތަކާ އެއްގޮތަށް އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށްފަހުގައި އެކަން ތަންފީޒު ކުރުމުގައި އަމަލު ކުރަންޖެހޭ އާންމު އުސޫލުތައް ބަޔާންކުރުމެވެ.

އުޅަނދުތަކުގެ އަދަދު ކަނދައެޅުމުގައި އެރަށެއްގެ އާބާދީއަށް ބަލައި، އެ ރަށެއް ނުވަތަ ސިޓީއެއްގެ އެއްގަމު އުޅަނދުތަކުގެ ޖުމްލަ އަދަދު ބަލަންޖެހޭނެކަމަށް ގަވައިދުގައި ވެއެވެ. އަދި އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ ސަރަހައްދެއްގެ މަގުތަކާއި ޕާކުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކަށް ބަލަންޖެހޭނެއެވެ.

އުޅަނދުތަކުގެ އަދަދު ކަނޑައަޅަން ވާނީ، އެސެސްމެންޓެއް ހަދައި މާހިރުންގެ ލަފާގެ ދަށުންނެވެ.

މީގެ އިތުރުން އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކަށް ވާން ޖެހެނީ އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ވަކި ސަރަހައްދެއްގައި އެއްގަމު ދަތުރުފަތުރު ކުރުމުގެ ނިޒާމުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމަށާއި ޕާކު ކުރުމަށް ހާއްސަކޮށްފައިވާ މަގުތަކުގެ ޖުމްލަ ސަރަހައްދުގެ ބޮޑު މިން އެސެސްމެންޓް ހެދުމުގެ ތެރޭގައި ބަލަން ޖެހެއެވެ. އަދި އުޅަނދުތައް ވަކި ކެޓަގަރީއަކަށް ބަހައި، ކޮންމެ ކެޓަގަރީއަކަށް ކަނޑައެޅޭ ނިސްބަތް އެގޮތުގައި ހިފެހެއްޓުމަށް ގަވާއިދުގައި ވެއެވެ.

ގަވައިދ ބުނާ ގޮތުން އުޅަނދު ބޭނުން ކުރެވޭ އެންމެ ދިގު މުއްދަތު ކަނޑައަޅަން ވާނީ، އުޅަނދު އުފެއްދި ތާރީހުން ފެށިގެންނެވެ. އަދި އުޅަނދު ބޭނުން ކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަ ވުމުން އުޅަނދުގެ ވެރި ފަރާތުން އަމަލު ކުރަންޖެހޭ އުސޫލުތަކާއި، ރަޖިސްޓަރޭޝަނާ މެދުގައި އަމަލު ކުރެވޭނެ އުސޫލުތައް، އަދަދު ކަނޑައަޅާ ފަރާތުން އެކުލަވައިލައި، އުޅަނދުތަކުގެ އަދަދާ އެއްގޮތަށް އުޅަނދު ރަޖިސްޓަރީ ކޮށްދިނުމުގެ އުސޫލު ދަށުން އުޅަނދު ބޭނުން ކުރެވޭނެ އެންމެ ދިގު މުއްދަތު ކަނޑައެޅޭނެ އެވެ.

މީގެ އިތުރުން ގަވައިދުގައި ވަނީ އުޅަނދު ބޭނުންކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުން، އުޅަނދުގެ ރަޖިސްޓަރޭޝަން ވަގުތުން ބާތިލުކޮށް އުޅަނދު ނައްތައިލުން ފަދަ އިޖުރާއަތުތައް ހިންގުމުގެ ކުރިން، އުޅަނދު ރަޖިސްޓަރީކޮށްފައިވާ ސަރަހައްދު ފިޔަވައި، އެ ނޫން ތަނަކަށް ރީ ރަޖިސްޓަރ ކުރުމަށް ނުވަތަ އުޅަނދު ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމަށް ނުވަތަ އެ ނޫންވެސް އުޅަނދުގެ ވެރިފަރާތަށް ލިބިދާނެ ގެއްލުމެއް ކުޑަކުރެވިދާނެ ފިޔަވަޅުތައް ހިމެނުމަށް އިސްކަންދިނުން މުހިންމުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: