ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު ވަރަށް މުހިންމު: ރައީސް މައުމޫން

ރައީސް މައުމޫން އަރަބިއްޔާ ސްކޫލްގެ ޕީޓީޕީޓީއޭއާއި ބައްދަލު ކުރައްވައިފި / ޓްވިޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު ވަރަށް މުހިންމު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މިފަދައިން ރައީސް މައުމޫން ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ ޕީޓީއޭގެ މެމްބަރުންނާއި ކުރި ބައްދަލުވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ. ރައީސް މައުމޫން އަރަބިއްޔާ ސްކޫލުގެ ޕީޓީއޭ މެމްބަރުންނާއި ބައްދަލު ކުރައްވާފައި މިވަނީ އިމާރާތުގައި ރެނދުލައި ގެއްލުންތައް ވަމުން ދިއުމާއި ގުޅިގެން ބެލެނިވެރިންގެ ކަންބޮޑުވުންތަކާއި އެކީ ސްކޫލުގެ ދަރިވަރުން ތައުލީމު ހާސިލު ކުރުމަށް ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށް ވަގުތީ ގޮތުން ބަދަލު ކުރަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް މައުމޫން ކުރެއވި ޓްވީޓްގައި ވިދާޅުވެފައިވަނީ، އަރަބިއްޔާ ސްކޫލްގެ ޕީޓީއޭ އާއި ބައްދަލު ކުރައްވާކަމަށާއި އެ ސްކޫލަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް ބޭނުންވާ ފިޔަވަޅުތައް ސަރުކާރުން އަޅުއްވަމުން ގެންދަވާކަމަށް ޕީޓީއޭގެ މެމްބަރުން ވިދާޅުވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނު މިކަމަށް އުފާކުރައްވާ ކަމަށާއި ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު ވަރަށް މުހިންމު ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް ވަގުތީ ހައްލެއްގެ ގޮތުން ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތް ދިނުމަށް ރައީސް ސޯލިހް ނިންމާފައިވާއިރު، މިކަމަށް ދާއިމީ ހައްލެއްގެ ގޮތުގައި ރައީސް ވަނީ ދިރާސީ އަހަރު ނިމުމުގެ ކުރިން ބާ ޖަމާލުއްދީން ސްކޫލްގެ އިމާރާތުގައި އައު ސްކޫލެއް އަޅުއްވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަރަބިއްޔާ ސްކޫލްގެ މި ދަތިތަކައި ބެހޭގޮތުން ޝަކުވާކުރުމުން އެޑިއުކޭޝަން މިނިސްޓްރީން އަންނަ މަހުގެ 16 ގައި ފަށައި 2 ވަނަ ޓާމަށް ވަގުތީ ގޮތުން އަރަބިްޔާ ސްކޫލްގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށް ނިންމާފައި ވެއެވެ.

ނަމަވެސް، އެހެން ސްކޫލަކާ ހިއްސާވެގެން އަރަބި މީޑިއަމަށް ކިޔަވާ ދަރިވަރުން ކިޔެވުމަކީ ފަސޭހަވާނެ ކަމެއް ނޫންކަމަށް ބުނެ ބެލެނިވެރިން ވަނީ އެކަން އެހެން ނުކުރުމަށް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: