ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޑަރ މައިލްސްގެ ފުރަތަމަ އަހަރަށް ކަނޑައެޅި ޓާގެޓް ހާސިލްކޮށްފި

ރާއްޖެއައި ފަތުރުވެރިންތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޯޑަރ މައިލްސްގެ ފުރަތަމަ އަހަރަށް ކަނޑައެޅި ޓާގެޓް ހާސިލްކުރެވިފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަންއިން ބުނެފިއެވެ.

އިމިގްރޭޝަންއިން ބުނީ ބޯޑަރ މައިލްސް ޕްރޮގްރާމް އާ ހަރުފަތަކަށް ގެންދެވިފައިވާ ކަމަށެވެ. އަދި ޕްރޮގްރާމަށް ފުރަތަމަ ކަނޑައެޅި ޓާގެޓް ޙާސިލްކުރެވި ޕްރޮގްރާމްގައި 100،000 މެމްބަރުން މިހާރު ރަޖިސްޓަރ ކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

 

ބޯޑަރ މައިލްސްއަކީ މޯލްޑިވްސް އިމިގްރޭޝަނާއި ޓުއަރިޒްމް މިނިސްޓްރީއާއި ގުޅިގެން ކުރިއަށްގެންދާ ލޯޔަލްޓީ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ދަށުން ފަތުރުވެރިއަކު ކުރާ ދަތުރުތަކަށް ބަލައި ޕޮއިންޓްތަކާއި އިނާޔަތްތައް ލިބިގެންދާނެއެވެ. މިޕްރޮގްރާމް އިފްތިތާހުކުރީ ކޮވިޑާއި ގުޅިގެން ބޯޑާރު ބަންދުކުރުމަށްފަހު، ފަތުރުވެރިކަން އަލުން ފަށައިގަތުމަށް ކުރި މަސައްކަތްތަކުގެ ތެރެއިންނެވެ.

ހުސްވި މަހު އާންމުކުރި ތަފާސްހިސާބުތަކަށް ބަލައިލާއިރު މިޕްރޮގްރާމްގައި 26 ޕާޓްނަރަކު ވަނީ ބައިވެރިވެފައެވެ. މިޕްރޮގްރާމްގައި އެންމެ ފުރަތަމަ ބައިވެރިވީ ކްރޮސްރޯޑްސްއެވެ.

ފަތުރުވެރިންނަށް މި ސްކީމް މެދުވެރިކޮށް ޕޮއިންޓް ލިބިގެންދާއިރު ޕޮއިންޓް ލިބިގެންދަނީ ބޯޑާ ހުރަސްކުރާއިރު އާއި ހާއްސަ މުނާސަބަތުގައި ކުރާ ދަތުރުތަކަށެވެ. އެ ޕޮއިންޓް ސިސްޓަމް ވަނީ ތިން ޓިއާއަކަށް ބަހާލާފަ އެވެ. އެއީ ބްރޮންޒް، ސިލްވާ އަދި ގޯލްޑް އެވެ. އެގޮތުން ބްރޮންޒް އަށް ދީފައިވާ ނަމަކީ “އައިދަ” އެވެ. ސިލްވާ އަށް “އަންތަރަ” ކިޔާއިރު ގޯލްޑް އަށް ކިޔަނީ “އަބާރަނަ” އެވެ.

އިމިގްރޭޝަން އިން އިންތިޒާމުކޮށްގެން ހުސްވި އަހަރު ތައާރަފުކުރި އެ ހިދުމަތުގެ ދަށުން ފަތުރުވެރިންނަށް އެކި ކަހަލަ ބެނެފިޓްތައް ރިސޯޓުތަކުން ލިބިގެންދާނެ އެވެ. އަދި އެ ފަތުރުވެރިންނަށް އެކްސްކްލޫސިވް ހިދުމަތްތަވެސް އެފަރާތްތަކަށް ލިބިގެންދާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: