ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާލޭ މޯލްޑިވްސް އިން އައިޖީއެމްއެޗަށް ޕީޕީއީ ހަދިޔާކޮށްފި

ޕާލޭ މޯލްޑިވްސްގެ ފަރާތުން ފްރަންޓްލައިންގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ޕ.ީޕީ.އީ ހަދިޔާކޮށްފި / އައިޖީއެމްއެޗް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާލޭ މޯލްޑިވްސްގެ ފަރާތުން ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ފްރަންޓްލައިންގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ޕަރސަނަލް ޕްރެޓެކްޓިވް އިކުއިޕްމަންޓް (ޕ.ީޕީ.އީ) ހަދިޔަކޮށްފައިވާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އައިޖީއެމްއެޗުގައި ބޭއްވުނު ރަސްމިއްޔާތުގައި ޕާލޭ މޯލްޑިވްސްގެ ފަރާތުން ހަދިޔާކޮށްފައިވާ މި ތަކެއްޗާ ހަވާލުވެވަޑައިގެން ފައިވަނީ ހޮސްޕިޓަލުގެ ސީ.އީ.އޯ އިބްރާހިމް ސަލީމްއެވެ.

އަދި ހަދިޔާ ކޮށްދީފައިވާ ތަކެތީގެ ތެރޭގައި ފޭސް ޝީލްޑް، އައިސޮލޭޝަން ގައުންސް އަދި ސޭފްޓީ ގޮގުލްސް ހިމެނެއެވެ. މީގެއިތުރުން، ހަދިޔާކޮށްފައިވާ ސޭފްޓީ ގޮގުލްސްތަކަކީ ރާއްޖޭގައި އެކުލެވޭ ޕްލާސްޓިކް ރީސައިކަލް ކޮށްގެން ތައްޔާރު ކޮށްފައިވާ ގޮގުލްސްތަކެކެވެ.

އެހެންކަމުން، ޕާލޭ މޯލްޑިވްސްގެ ފަރާތުން މި ޕީ.ޕީ.އީ ހަދިޔާ ކޮށްފައިވަނީ އައިޖީއެމްއެޗް އާއި، ހުޅުމާލެ ހޮސްފިޓަލާއި ވިލިމާލެ ހޮސްޕިޓަލް އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމު ކުރެވިފައިވާ 5 ކޮވިޑް ފެސިލިޓީއަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: