ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ަވަގުތު އޮއްވާ ވަގުތު ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ މުހިންމު ކަމެއް: ހުތުބާ

ހުކުރު ހުތުބާގެ ތެރެއިން: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އުއްމަތުގެ އެންމެހާ މުއުމިނުންނަށް ވަގުތު އޮއްވައި ވަގުތު ގެ ބޭނުން ހެޔޮގޮތުގައި ހިފައި، ރަނގަޅު ދިރިއުޅުމަށް ބައްޓަން ކުރުމަށް މަސައްކަތް ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

ހުތުބާގައި ބުނި ގޮތުގައި ދުޅަހެޔޮ ހާލުގައި އިންސާނާ ހުރި ވަގުތު، އެވަގުތުގެ ބޭނުން ހިފައި މުސްތަގުބަލު އަމާން އޮމާން ގޮތުގައި ބައްޓަން ކުރުމަކީ މުހިންމު ކަމެކެވެ. އަދި ޒުވާން އުމުރުގައި ފަގީރުކަމެއްނެތި ދުނިޔޭގައި ހުރި ވަގުތު އިންސާނާގެ އުހްރަވީ ހަޔާތް ބާއްޖަވެރިކުރުމަށް މަސައްކަތް ކުރުމުގެ މުހިންމު ކަމަށްވެސް ހުތުބާގައި އަލިއަޅުވާލާފައިވެއެވެ.

ހަޔާތުގެ އެެއްވެސް ވަގުތެއް ބޭކާރު ކުރުމެއްނެތި، މާތް ﷲ ގެ ރުއްސެވުމާއި، ފުއްސެވުން ލިބިގަތުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ހުތުބާގައި ގޮވާލާފައިވާއިރު، ފާއިތުވެދާ ވަގުތަކީ އަނބުރާ ލިބޭނެ ވަގުތު ތަކެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ. މާދަމާގެ ދިރިއުޅުން ބާއްޖެވެރިކުރުމަށް މިހާރު ކުރި މަސައްކަތަކީ ފައިދާ ހުރިމަސައްކަތް ތަކަށް ވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ހުތުބާގައި މާތް ﷲ އަށް ތަގުވާވެރިވުމަށް އެންގުމުގެ އިތުރުން ދުނިޔޭގެ ކަންކަމުގައި މަޝްއޫލުވުމުގެ ތެރޭގައި އާހިރަތް މަތިން ހަނދާން ނައްތާނުލަން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހަމައެއާއި އެކު ޣާފިލުކަމުން ހޭލައި، ފާފަތަކުން ތައުބާވުމާއި އެކު މާތް ﷲ ގެ ހަޟްރަތަށް އަނބުރާ ރުޖޫއަ ވުމަށް މަސައްކަތް ކުރުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: