ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު ކެމްޕެއިނަކީ ރައްޔިތުންގެ ޝުއޫރުތަކާ ކުޅެގެން ހިންގަވާ ނޭއްގާނީ އަމަލެއް: އަދާލަތު ޕާޓީ

މިނިސްޓަރ އިބްރާހިމް އަބްދުﷲ / ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާ،މީން އިސްކޮށް ހުންނަވާ މިހާރު ކުރިއަށް ގެންދާ އިންޑިޔާ އައުޓް ކެމްޕޭނަކީ ސިޔާސީ މަގުސަދެއްގައި ރައްޔިތުންގެ ޝުއޫރުތަކާ ކުޅެގެން ހިންގަވާ ނޭއްގާނީ އަމަލެއް ކަމުގައި އަދާލަތު ޕާޓީއިން ބުނެފިވެއެވެ.

އަދާލަތު ޕާޓީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މިހާރު ހިނަގަމުން މިދާ ބައެއް ކަންކަމަކީ ހުދު ރައީސް ޔާމީންގެ ވެރިކަމުގައި އެކަންކަމުގެ ބިންގާ އަޅުއަވާފައިވާ ކަންކަން ކަމަށެވެ.

އިންޑިއާ އައުޓްގެ ނަމުގައި ރައީސް ޔާމީން އިސްވެ ހިންގަވާ ކެމްޕެއިން އާއި ގުޅޭގޮތުން އަދާލަތު ޕާޓީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖެ އަކީ އިންޑިއާ ކަނޑުގެ މެދުގައި އެތުރިފައިވާ ނާޒުކު ޖަޒީރާ ގައުމަކަށްވީ ހިނދު، ދިވެހިރާއްޖޭގެ ކުރިއެރުމާއި ތަރައްގީ އާއި ދިވެހި ރައްޔިތުންގެ ސަލާމަތާއި ދިވެހިންގެ އެންމެހާ މަސްލަހަތުތައް ހިމާޔަތްކުރުމުގައި ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ވަރަށް މަތީ ދައުރެއް އަދާކުރާ ކަމަށެވެ. އަދި އަދާލަތު ޕާޓީން ބުނެފައި ވަނީ އެ ޕާޓީން ދެކޭގޮތުގައި ދިވެހި ހާރިޖީ ސިޔާސަތުގެ އެންމެ އަސާސީ އަމާޒަކަށް ވާންޖެހޭނީ ދިވެހިންނާއި ދިވެހި ގައުމުގެ ސަލާމަތާއި މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރި ކުރުން ކަމަށެވެ.

މީގެއިތުރުން، ދިވެހި ރާއްޖެ ލެއްވިފައި ވަނީ އިންޑިއާ ކަނޑުގައި ކަމަށްވެފައި ބައިނަލްއަގުވާމީ ސަލާމަތާއި ވިޔަފާރީގެ ދާއިރީގައި އިނަޑިއާ ކަނޑުގެ އަހަންމިއްޔަތުކަން އިތުރުވަމުން އަންނަ ހިނދު، އިންޑިޔާ ކަނޑުގެ މަސްލަހަތު ހިމާޔަތްކުރުމަކީވެސް ދިވެހި ހާރިޖީ ސިޔަސަތުގައި ރިއާޔަތްކުރައްވާ މުހިންމު ކަމެއް ކަމަށްވެސް އަދާލަތު ޕާޓީގެ ބަޔާނުގައި ވަނީ ބުނެފައެވެ. ހަމައެހެންމެ، މުޅި ދުނިޔެ ގުޅިލާމެހިފައިވާ ޒަމާނެއްގައި ބައިނަލްއަގުވާމީ މަސްރަހުގައި އެކަހެރިކަމާއި ވަކިވެގަތުން އިސްކުރުމަކީ ދިވެހިންނަށް އެންމެ މަސްލަހަތުހުރި ގޮތް ކަމުގައި އަދާލަތު ޕާޓީން ނުދެކޭ ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެއިތުރުން، އަދާލަތު ޕާޓީން ބުނީ، ވަކިން ހާއްސަކޮށް ތަރައްގީ އާއި އެނޫންވެސް ދިވެހިން އެދޭ ދިރިއުޅުން ހާސިލު ކުރުމަށްޓަކައި އަވައްޓެރި ގައުމުތަކާއި އަދި ހެޔޮއެދޭ ގައުމުތަކާ ގުޅިގެން މަސައްކަތްކުރަން ޖެހޭ ދުވަސްވަރެއްގައި އަވައްޓެރި ގައުމުތަކާއި ދުނިޔޭގެ އެހެން ގައުމުތަކާ ގުޅުންބަދަހި ކުރަންޖެހޭ ކަމަކީ ގަބޫލު ކުރަންޖެހޭ ހަގީގަތެއް ކަމަށެވެ. އަދި ކަން މިހެންއޮތް އިރު، ރާއްޖޭގެ އަވައްޓެރިނާއި ދިވެހިންގެ ކުރިއެރުނާއި ތަރައްގީއަށް އެހީތެރިވެދޭ ބައިވެރިންނާމެދު އާންމު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތާއި ރުޅިވެރިކަން އުފެއދުމަށް ސިޔާސީ ބަޔަކު ކުރަމުންދާ މަސައްކަތް އަދާލަތު ޕާޓީއިން ކުުށްވެރި ކުރާކަމަށްވެސް ވަނީ ބުނެފައެވެ.

އެހެންކަމުން، ވަކިން ހާއްސަކޮށް އަވަށްޓެރި އިންޑިއާ އާއި މެދު ދިވެހިންގެ ހިތްތަކުގައި ނަފުތަރު އުފެއްދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ކުރައްވަމުން ގެންދަވާ ޒިންމާދާރުކަން ކުޑަ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި ދިވެހިރާއްޖެ އާއި އަވައްޓެރި އިންޑިއާ އާދެމެދު ސްޓްރެޓީޖިކް ދާއިރާތަކުން މިހާރު ކުރވެމުންދާ މަސައްކަތްތަކަކީ ޒަމާންތަކަކަށް ދެމިގެންއަންނަ ޒަމާންވީ އެކުވެރިކަމާއި އެއްބަސްވުން ތަކުގެ ނަތީޖާކަމަށް ވާއިރު އަދި ވަކިން ހާއްސަކޮށް މިހާރު ހިނަގަމުން މިދާ ބައެއް ކަންކަމަކީ ހުދު ރައީސް ޔާމީންގެ ވެރިކަމުގައި އެކަންކަމުގެ ބިންގާ އަޅުއަވާފައިވާ ކަންކަން ކަމުގައި ވީއިރު، އެމަނިކުފާނު މިހާރު ކުރިއަށް ގެންދާ ކެމްޕޭނަކީ ސިޔާސީ މަގުސަދެއްގައި ރައްޔިތުންގެ ޝުއޫރުތަކާ ކުޅުއްވައިގެން ހިންގަވާ ނޭއްގާނީ އަމަލެއް ކަމުގައި ވެސް ބުނެފައިވެއެވެ.

އަމައެހެންމެ، މިކަމުގެ ނަތީޖާއަކަށް ވެފައިވާނީ ބައިނަލްއަގުވާމީ މަސްރަހުގައި ދިވެހީން އެކަހެރިވެ، ގައުމާއި ރައްޔިތުންނަށް ފޫނުބެދޭވަރުގެ ގެއްލުންވުން ކަމަށް ވެސް އަދާލަތު ޕަޓީން ބުނެފައިވެއެވެ. އަދި އަދާލަތު ޕާޓީން ބުނެފައިވަނީ، އެޕާޓީން ބައިވެރިވާ ސަރުކާރެއްގައި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ލޮޅުމެއް އަތުވެދާނެ އެއްވެސް ފުރުސަތެއް ނުދޭނެކަމަށެވެ.

އިންޑިޔާ އައުޓް ކެމްޕެއިނަށް ފާޑު ކިޔައި ޕާޓީއިން އާންމުކުރި ބަޔާނަށް ގިނަބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ. އަދި މިއީ އިންޑިޔާގެ ހައި ކޮމިޝަންގެ އެންގުމަކަށް އާންމުކޮށްފައިވާ ބަޔާނެއްކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: