ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ސިޓީ އިން ހުޅުދޫ-މީދޫ ވަކިކުރަން ރޮޒެއިނާ އާންމުންގެ ހިޔާލު ހޯދަނީ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ވަކި ކުރަން މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އާންމުންގެ ހިޔާލު ހިޔާލަށް ހުޅުވާލައިފިއެވެ.

ފޭސްބުކް ގައި އާއްމުކުރި ޕޯސްޓެއްގައި ރޮޒެއިނާ ވިދާޅުވެފައިވަނީ ހުޅުދޫ އަދި މީދޫ އައެްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައި އޮވެގެން މި ދެ ރަށަށް ކުރާފައިދާއެއް ނެތް ކަމަށެވެ. އަދި ރައްޔިތުން މިކަމާއި މެދު ވިސްނާކަން އެނގިލައްވާ ކަމަށާއި ކަންމިހެން އޮތުމުން ދެ ރަށަށްވެސް ކުރަނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ވިސްނާލުން މުހިންމު ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ ދެ ރަށް ސިޓީ ކައުންސިލްއިން ވަކިކުރުމަށް ތާއިދުކަމަށާއި ރައްޔިތުން މިފަދައިން ދެކޭ ނަމަ، ދެރަށް ސިޓީ ކައުންސިލްއިން ވަކިކުރަން މަޖިލީހުގައި ހުށައަޅާނެ ކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެގޮތުން ރަށުގެ ކަން ކަން ނިންމުމުގައި ރައްޔިތުންނަށް އެތައް އުނދަގޫތަކަކާއި ކުރިމަތިލާން ޖެހޭ ކަމަށާއި ތަކުލީފުތަކާއި ކުރިމަތިލާން ޖެހޭ ކަމުގެ ޝަކުވާތައް އިތުރުވަމުންދާ ކަމަށް ވިދާޅުވެފައިވެއެވެ. ރައްޔިތުންގެ އުއްމީދަކަށް ވެގެންދިޔައީ އައު ކައުންސިލަކާއި އެކު މިކަންތައް ރަނގަޅުވުން ކަމުގައި ވީ ނަމަވެސް ކައުންސިލް ބަދަލުވި ނަމަވެސް މައްސަލަ އަށް ހައްލެއް ލިބިފައިނުވާ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުން ދެކޭ ގޮތް ހިއްސާކުރުމަށް އެދި ރޮޒެއިނާ މި ކުރި ޕޯސްޓުން ހުޅުދޫ އަދި މީދޫ ވަކިކުރަން މެމްބަރު ތާއިދުކަން ފާހަގަކުރެވެއެވެ. ޕޯސްޓުގައި ލިޔެފައިވަނީ ސިޓީ އިން ވަކި ވުމަކީ ރައްޔިތުން އެންމެ އެދޭ ގޮތަ ކަމަށް ވާ ނަމަ، އަންނަ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލީސް ހުޅުވުމާއި އެކު ކައުންސިލުން މި ދެ ރަށް ވަކިކުރުމަށްޓަކައި ގަނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް ހުށައަޅާނެ ކަމަށް ހާމަކޮށްފައިވެއެވެ.

ރޮޒެިނާ ވަނީ މީދޫ އަދި ހުޅުދޫގެ ރައްޔިތުން މިކަމާއި މެދު ދެކޭ ގޮތް ހާމަކުރުމަށް އެދިފައިވާއިރު، ދެ ރަށުގެ ރައްޔިތުންވެސް ދަނީ ކައުންސިލުން ތަފާތުކުރުން ގެންގުޅުމާއި ގުޅިގެން ޝަކުވާތައް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: