ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޓީޑީއިން ވެސް ވާދަކުރަނީ

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޓީޑީއިން ވެސް ވާދަކުރަނީ / ގޫގަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ތާރޑްވެ ޑިމޮކްރަޓިކް (އެމްޓީޑީ)އިންވެސް ވާދަކުރަން ނިންމާ ޕްރައިމަރީއަށް ހުލުވާލައިފިއެވެ.

އެހެންކަމުން، ކޮމަންޑޫ ދާއިރާއަށް ވާދަކުރާނެކަން މީގެ ކުރިން އިންއުލާންކޮށްފައިވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއި އިދކޮޅު ޕީޕީއެމް އާއި، އެމްއެންޕީ އިންނެވެ. އެމްޓީޑީ އިން ބުނެފައިވަނީ ކޮމަންޑޫ ދާއިރާ ރައްޔިތުން މަޖިލީހުގެ ބައި-އިލެކްޝަންގައި ވާދަކުރުމުގެ ފުރުޞަތު އެމް.ޓީ.ޑީ އިން ހުޅުވާލާފައިވާކަމަށެވެ.

ބައި އިލެކްޝަންގައި ވާދަކުރަން ބޭނުންފުޅުވާ ޕާޓީގެ މެންބަރުން އެކަމަށް އެދުމުގެ ފުރުސަތު ހޯމަ ދުވަހުގެ 05:00 އާއި ހަމައަށް ވަނީ ހުޅުވާލެވިފައިވާކަމަށާއި، މި އިލެކްޝަންގައި ބައިވެރިވުމަށް އެމްޓީޑީގެ އީމެއިލްއަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ޕްރައިމަރީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ހުޅުވާލުމުން ވާދަކުރެއްވި ހަމައެކަނި ކެނޑިޑޭޓަކީ ށ.ފޯކައިދޫ ޔުނިވާސް، މުޙައްމަދު ރާޝިދެވެ. އެމްޑީޕީގެ އަސާސީ ޤަވާއިދު ހަމަޖެހިފައިވާ ގޮތުން އެއް ބޭފުޅަކު ކުރިމަތިލެއްވުމުން އޭނާއަށް ޕްރައިމަރީއަކާ ނުލައި އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މުޙައްމަދު ރާޝިދަކީ މިދިޔަ 3 ދައުރުގައިވެސް ފޯކައިދޫ ކައުންސިލްގެ ރައީސްކަން ކުރައްވައި މިހާރު ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލެއްގެ ގޮތުގައި ހުނެނެވި ބޭފުޅެކެވެ.

ކޮމަންޑު ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވާދަކުރާނެ ކެންޑިޑޭޓަކީ ކޮމަންޑުއަށް އުފަން އަލްއުތާޒު މޫސާ ފަތުހީ އާދަމް ކަމަށް އެކޯލިޝަނުން ވަނީ ނިންމާފައެވެ. އެހެންކަމުން، ފަތުހީއަށް ޓިކެޓް ދީފައިވަނީ އިދިކޮޅު ކޯލިޝަނުން ހުޅުވާލި ފުރުސަތުގައި އިތުރު މީހަކު ވާދަ ނުކުރުމުންނެވެ. އަދި ފަތުހީއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން، ށ.އަތޮޅުގެ ކައުންސިލްގެ ރައީސްކަންވެސް އޭނާ ވަނީ ކުރިން ކުރައްވާފައެވެ.

މޯލްޑިވްސް ނެޝެނަލް ޕާޓީ(އެމްއެންޕީ)އިން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ވާދަކުރާނީ ޕްރައިމަރީގައި ހަމައެކަނި ވާދަކުރެއްވި އަބްދުލް ހަންނާން އިދުރީސް ކަމަށް އެޕާޓީން ވަނީ ހާމަކޮށްފައެވެ. އެގޮތުން، އަބްދުލް ހަންނާން އިދުރީސަކީ ތައުލީމީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާބޭފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: