ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޑީކޭ އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ރަން ފޯ ޗެރިޓީ އަންނަ ޖެނުއަރީ މަހު

އޭޑީކޭ އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ 'ރަން ފޯ ޗެރިޓީ' އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ވަނީ ނިންމާފަ
ޝެއާރކޮށްލާ ކަހަލަދޯ؟

އޭޑީކޭ އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ “ރަން ފޯ ޗެރިޓީ” އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ނިންމައިފިއެވެ.

ރަން ފޯ ޗެރިޓީގެ ނަމުގައި ކުރިއަށް ގެންދާ މި އިވެންޓަކީ 35 ގަޑިއިރު ވަންދެން ހުއްޓުމެއް ނެތި ކުރިއަށް ގެންދާ ދުވުމުގެ ހަރާކަތަކެވެ. އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން 6 ވަނަ ދުވަހުގެ ރޭގަނޑު 08:00 އަށެވެ.

އިވެންޓުގައި ދުވާ ކޮންމެ ކިލޯމީޓަރަކަށް 35 ރުފިޔާގެ އަދަދެއް ޓައިނީ ހާޓްސް އޮފް ދަ މޯލްޑިވްސް އަށް ޑޮނޭޓު ކުރެވޭނެ ކަމަށް މައުލޫމާތު ދީފައިވާ އިރު ބައިވެރިވާ ކޮންމެ ފަރާތަކަށް ސްޕޯޓްސް މެޑިކަލް ޕެކޭޖެއް ހިލޭ ލިބޭނެކަމަށް ވެސް އޭޑީކޭއިން ބުނެއެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ އޮން-ސައިޓު ރަޖިސްޓްރޭޝަނެކެވެ. ބައިވެރިވާ ކޮންމެ މީހަކު މަދުވެގެން 1 ކިލޯމީޓަރުގެ ދުރުމިނަކަށް ދުވަން ޖެހޭނެކަމަށް އުސޫލުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: