ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިދުމަތްތައް ފުޅާ ކުރުމަށް އޭޑީކޭއިން 10 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިގަނީ!

އޭޑީކޭ ކުންފުނީގެ ޗެއާމަން އަދި ސީއީއޯ އަހުމަދު ނާޝިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ނުވަ ވަރަކަށް މަސް ދުވަހުގެ ތެރޭގައި 10 މިލިއަން ޑޮލަރުގެ އެކި މަޝްރޫއުތައް ހިންގުމަށް ނިންމާފައިވާ ކަމަށް އޭޑީކޭ ކުންފުނީގެ ޗެއާމަން އަދި ސީއީއޯ އަހުމަދު ނާޝިދު ވިދާޅުވެއްޖެ އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ހަފްލާގައި ނާޝިދު ވިދާޅުވީ އާ ހިދުމަތްތަކެއް އޭޑީކޭގައި ތައާރަފު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމަށް ބަދަލު ގެނައުމަށް އޭޑީގެ ޓީމުން ގިނަ މަސައްކަތްތަކެއްކޮށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.

މިގޮތުން 10 މިލިއަން ޑޮލަރުގެ މަޝްރޫތަކެއް ހިންގާނެކަން ނާޝިދު ވަނީ ފާހަގަކުރައްވަފައެވެ. މަޝްރޫއުގެ ތެރެއިން އަލަށް ތައާރަފު ކުރުމަށް ހަމަޖެހިފައިވާ ހިދުމަތްތަކުގެ ތެރޭގައި އެމްއާރްއައިގެ ޚިދުމަތާއި ޕެޓް ސްކޭނާއި ހައިޕަބެރިކް ޗެމްބައާއި ފިޒިއޮތެރަޕީއާއި ފާޓިލިޓީ ސެންޓަރުގެ ހިދުމަތް ހިމެނެއެވެ. އަދި އޭނާ ވިދާޅުވީ އެންޑޯސްކޮޕީ ސެންޓަރު ތަރައްގީކޮށް އަޕްގްރޭޑު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށެވެ.

“ޝާފިޔާ އިންސްޓިޓިއުޓް އޮފް ހެލްތް” އާއި ގުޅިގެން އިންސާނީ ވަސީލަތްތަށް ކުރިއެރުވުމަށް މަސަކަތް ކުރުމަށް ނިންމާފައިވާ ކަމަށާއި ބަލީގެ ކުރިއަށް ވިސްނުން އިސްކޮށް ރައްކާތެރިކަމަށް ފިޔަވަޅު އެޅުމަށްޓަކައި، “ހީޓް” އާ ގުޅިގެން އޭޑީކޭގައި ޖިމްގެ ޚިދުމަތް ތައާރަފްކުރުމަށް ހަމަޖެހިފައިވާކަން ވެސް ނާޝިދު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ޗެއާމަންގެ ވާހަކައިގައި ފާހަގަ ކުރެއްވިގޮތުގައި އޭޑީކޭ ބަގީޗާގެ ތެރޭގައި ހައްދާފައިވާ ބޮޑެތި ގަސްތަކުގެ މުލާއި އެއްވަރަށް ވަރުގަދަ ބޭފުޅުން އޭޑީކޭގައި އެބަ ތިއްބެވި ކަމާއި އޭޑީކޭ ކުރިއަރައަިގެން ދިޔައީ މިފަދަ ބޭފުޅުންގެ އަގުހުރި މަސައްކަތުންނެވެ.

މިގޮތުން ދާދި ފަހުން އޭޑީކޭގައި ދުވަސްވީ އުމުރުފުރައިގެ ބޭފުޅުންނަށް ހާއްސަކޮށް ދޭން ފެށުނު “ޓަވީ” ކިޔުނު މި ޕްރޮސީޖާއަކީ ވެސް މަދުން ނޫނީ ގައުމުތަކުގައި ތައާރަފް ކުރެވިފައި ނުވާ ހިދުމަތެއްކަން ފާހަގަ ކުރެެވެއެވެ.

ނާޝިދު ވަނީ ހޮސްޕިޓަލްގެ ކުރިއެރުމަށް މަސައްކަތްކޮށް އެހީތެރިވީ ހުރިހާ ފަރާތްތަކަށް އޭނާގެ ވާހަކައިގައި ޝުކުރު ދައްނަވާފައެވެ. މިގޮތުން ނޮވެލްޓީގެ ފަރާތުން ކޮށްދެއްވި މަސަކަތާއި ވެދެއްވި އެހީ ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: