ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޮސްޕިޓަލްގެ އެންމެ ފާހަގަަކޮށްލެވޭ ހިދުމަތަކީ، ހޮސްޕިޓަލުގެ ހަރަދުގައި މުވައްޒަފުން ތަމްރީނުކުރުން: ރައީސް

'ރަން ފޯ ޗެރިޓީ' ދުވުމުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އޭޑީކޭ ހޮސްޕިޓަލްގެ އެންމެ ފާހަގަކޮށްލެވޭ ހިދުމަތަކީ ތަނުގެ މުވައްޒަފުންނަށް ހޮސްޕިޓަލްގެ ހަަރަދުގައި ތަމްރީނުތައް ދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މި ހޮސްޕިޓަލްގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ‘ރަން ފޯ ޗެރިޓީ’ ދުވުމުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ގިނަ ބަޔަކަށް ނޭނގޭ މުހިންމު ދާއިރާއެއްވާ ކަމަށެވެ. އެއީ ހޮސްޕިޓަލުގެ ހަރަދުގައި ތަނުގެ މުވައްޒަފުންނަށް ދޭ ތަމްރީނުތައް ކަމުގައި ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

މި މަސައްކަތަކީ ހޮސްޕިޓަލުގެ ސީއީއޯ ވަރަށް އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެއް ކަމަށާއި ހޮސްޕިޓަލުގައި ހިދުމަތް ކުރައްވާ ގިނަ ޑޮކްޓަރުންނާއި، އެހެން ބައެއް މުވައްޒަފުންނަކީ، މި ހޮސްޕިޓަލުގެ ހަރަދުގައި ކިޔަވައިދީ، ތަމްރީން ދީފައި ތިބި ބައެއްކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ހަމައެއާއި އެކު، ރައީސް ވަނީ އޭޑީކޭ އިން 2007 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ނަރސިންގ ސްކޫލުގެ މަސައްކަތްތަކަށް އަލިއަޅުއްވާލާފައެވެ. އެގޮތުން މި ސްކޫލު މެދުވެރިކޮށް ބައެއް ކޯސްތައް ހިންގައި، އެތައް ބަޔަކު ތަމްރީންކޮށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު އެނގިފައިވާ ގޮތުން ސްކޫލުގައި ތައްޔާރުވަނީ، މިއަހަރުގެ ތެރޭގައި ނަރސިންގެ ޑިޕްލޮމާ ކޯސްތައް ފެށުމަށެވެ.

ރައީސް ވަނީ މި ނޫނަސް އޭޑީކޭ އިން އާންމު ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތައް ވަރަށް ގިނަކަމަށާއި ރާއްޖެއަށް ދިމާވި ގުދުރަތީ ކޮންމެ ކާރިސާއެއްގައި، އާންމު ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދިނުމަށް، އޭޑީކޭ އެންމެ ކުރީ ސަފަށް ނުކުންނަކަން ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: