ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ އިހުތިޖާޖު: އާބާދީގެ 1.34 އިންސައްތަ ރައްޔިތުންގެ އާދޭހުގެ އަޑުވެސް ސަރުކާރަށް ނީވޭ!

ހިޔާ ފްލެޓުތަކުގައި އުޅޭ ރައްޔިތުން އިއްޔެ ކުރި އިހްތިޖާޖުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އާބާދީގެ 1.34 އިންސައްތަ ރައްޔިތުންގެ އާދޭހުގެ އަޑުވެސް ސަރުކާރަށް ނީވޭކަމަށްބުނެ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ އާންމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިންގ ގެ މަސައްކަތް ނިންމުމަށް ދީފައިވާ ގްރޭސް ޕީރިއަޑަށް އިތުރު މުއްދަތެއް ބޭނުންވާ ކަމަށް ގޮވާލައި ކުރި އިހުތިޖާޖުގައި އަދިވެސް ނުނިމި ގިނަ މަސައްކަތް ތަކެއް ހުރުމާއި ގުޅިގެން މުއްދަތު އިތުރުކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.

މި އިހުތިޖާޖުގައި ގިނަ ބައެއްގެ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ގްރޭސް ޕީރިއަޑް ހަމަވާން ކައިިރިވެފައިވާ އިރު، ފިނިޝިންގެ ގިނަ މަސައްކަތް ނުނިމި ހުއްޓާ އަންނަ މަހުން ފެށިގެން ކުއްލި ދައްކަން ޖެހުމާއި ގުޅިގެންނެވެ. އަދި ފްލެޓުތަކުގެ މަސައްކަތް ނުނިމުމާއި އެކު، މި ހަރަދުތަކުގެ އިތުރުން ފްލެޓުގެ ކުލި ދައްކަން ޖެހުމަކީ ރައްޔިތުންގެ އަތުން ދާ ފައިސާގެ ބޮޑު އަދަދެއްކަން ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ އާބާދީގެ 1.34 އިންސައްތަ ރައްޔިތުންގެ އާދޭހުގެ އަޑު ސަރުކާރަށް ނީވޭއިރު، އާބާދީގެ ބާކީ ގެ ހާލަތަކީ ކޮބައިތޯ އިހުތިޖާޖުގެ ތެރޭގައި ވަނީ ސުވާލު އުފައްދާފައެވެ.

ފްލެޓުގެ ކުލި ބޮޑު ވުމާއި އެކު ރައްޔިތުން ޝަކުވާ ކުރަމުންދާއިރު، ރައްޔިތުންނަށް ދީފައިވާ 4 މަހުގެ ގްރޭސް ޕީރިއަޑް މި މަހު ނިމޭނެއެވެ. އެޗްޑީސީއިން ގްރޭސް ޕީރިއަޑް އިތުރުކުރުމަށް ސަރުކާރާއި މަޝްވަރާ ކުރަމުން އަންނަ އިރު، ޕީރިއަޑް އިތުރު ނުކޮށްފި ނަމަ އަންނަ މަހުން ފެށިގެން ފްލެޓުތަކުގެ ކުލި ދައްކަން ޖެހޭނެއެވެ.

ހިޔާ ފެލެޓް މަހުކުލީގެ ގޮތުގައި 7500 ރުފިޔާ އަދި މެއިންޓަނެސް ފީގެ ގޮތުގައިނަގާ 1000 ރުފިޔާ ހިމެނޭހެން ޖުމްލަ 8500 ރުފިޔާ ނެގުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ. ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ނެގުމަށް ނިންމި ފީ ބޮޑުކަމަށް ބުނެ ފްލެޓް ލިބު ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަމާއި ގުޅިގެން މުޒާހަރާވެސް ކޮށްފައިވެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކުގެ ގްރޭސް ޕީރިއަޑް ގުނަން ފަށާފައިވަނީ 1 އޮކްޓޯބަރުން ފެށިގެންނެވެ. އެއާއެކު، މި ފްލެޓުތަކުގައި ކުލި ނުދައްކާ ތިން މަސް ދުވަހުގެ މުއްދަތެއް ރައްޔިތުންނަށް ދީފައިވާއިރު އަންނަ ޖެނުއަރީ މަހުން ފެށިގެން ހިޔާ ފްލެޓުތަކަށް ކުލި ދައްކަން ޖެހޭނެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: