ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީގެ ރައީސާއެކު ތިން މެމްބަރުންވެސް އިސްތިއުފާ ދެއްވައިފި

އޭސީސީގައި ތިއްބެވި ތިން މެމްބަރުންވެސް ވަނީ އިސްތިއުފާ ދެއްވާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސާއެކު ތިން މެމްބަރުންވެސް އިސްތިއުފާ ދެއްވައިފިއެވެ.

ތިން މެމްބަރުން އިސްތިއުފާ ދެއްވިއިރު ކޮމިޝަންގައި ތިއްބެވީވެސް ތިން މެމްބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް ޝިއުނާ، ނައިބްރައީސް އަނޫލާ އަދި އައިޝަތު އަބްދުﷲއެވެ.

ކޮމިޝަންގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއިން ފަށައި ޕާފޮމަންސް އޮޑިޓެއްވެސް އެކުލަވާލިއެވެ. އަދި ޕާފޮމަންސް އޮޑިޓަށް ބެލުަމަށްފަހު މެމްބަރުން ވަކިކުރުމަށް ނިންމައި، މެމްބަރުން ޖަވާބުދާރީވުމުގެ ފުރުސަތު ކޮމެޓީއިން މެމްބަރުންނަށް ދިނެވެ.

ދިފާއުގައި މެމްބަރުން އާންމުކުރެއްވި ބަޔާނުގައި ބުނެފައިވަނީ ރިޕޯޓުގައި ހިމެނޭ ފަސް އަހަރުގެ ތެރެއިން މެމްބަރުން މަސައްކަތްކުރައްވާފައިވަނީ އެންމެ ދިހަ މަހުގައި ކަމަށެވެ. އަދި މިމައްދަތަކީ ކޮވިޑް ދުވަސްވަރުކަމަށްވެސް މެމްބަރުން އާންމުކުރެއްވި ބަޔާނުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުން މައްސަލަ ބަލަން ފެށުމާއެކު ކޮމިޝަންގައި ތިއްބެވި ފަސް މެމްބަރުންގެ ތެރެއިން ދެ މެމްބަރަކުވެސް އިސްތިއުފާ ދެއްވިއެވެ. އެހެންކަމުން ކޮމިޝަންގެ ފަސް މެމްބަރުންވެސް އިސްތިއުފާ ދެއްވުމާއެކު ކޮމިޝަން މިވަގުތު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: