ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓީ ޖެޓީ މައްސަލަ ސިޓީ ކައުންސިލުން ސިވިލް ކޯޓަށް ހުށައަޅައިފި

ޓީޖެޓީ މައްސަލައިގައި ނަރީޝް މީޑިއާތަކަށް މައުލޫމާތު ދެއްވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލުން ޓީ-ޖެޓީގެ މައްސަލަ ސިވިލް ކޯޓަށް ހުށާއަޅައިފިއެވެ.

މި މައްސަލަ ކޯޓަށް ހުށައަޅާފައިވަނީ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. މާލެ ސިޓީ ކައުންސިލުން ވަނީ ޓީޖެޓީ ކައުންސިލާ ހަވާލު ކުރުމަށް އެމްޕީއެލްއަށް ދީފައިވާ ދީފައިވާ މުއްދަތު ހަމަވެފައިވާކަމަށް ބުނެ، ޓީޖެޓި ސަރަހައްދަށް ގޮސްފަ އެވެ. ޓީޖެޓީން އެމްޕީއެލްގެ އެއްވެސް އިސްވެރިއަކާއި ބައްދަލު ނުވުމުން މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ ދެން މައްސަލަ ކުރިޔަށް ގެންދާނީ ކޯޓު މަރުހަލާގެ ތެރެއިން ކަމަށެވެ. އަދި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ދުވަސްތަކެއް ކުރިން ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މޭޔަރ ވިދާޅުވީ މާލޭގެ މޭޔަރ ގެ މަގާމާއި ހަވާލު ވި އިރު، ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ހިދުމަތްތައް ފޯރު ކޮށްދިނުމުގައި މަސައްކަތް ކުރާނެ ކަމަށާއި ހައްލު ނުހޯދޭ ވަރަށް ކަމެއް ގޯސް ވުމާއި އެކު ރައްޔިތުންނާއި ހިއްސާކުރާނެ ކަމަށް ވައުުދު ވެފައިވާނެ ކަމަށެވެ.

އެގޮތުން ސިޓީ ކައުންސިލަށް އާމްދަނީ ހޯދުމަށް ގިނަ ކަންތައްތަކުގައި ސަރުކާރަށް އެދެމުން ދާއިރު، ކުރިން ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް މާލޭގެ ސައުތު ހާބަރު އަލުން ކައުންސިލާއި ހަވާލުކޮށް ދިނުމަށް އެދުމުން ވެސް އެކަން ގަބޫލުކޮށްފައި ނުވާކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. ސައުތު ހާބަރަކީ ރައްޔިތުންގެ މުހިންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ އަދި އާމްދަނީ ހޯދޭނެ މަގަކަށް ވުމާއި އެކު ކައުންސިލަށް އަނބުރާ އެތަން ދިނުމަށް ސަރުކާރަށް ރަސްމީކޮށް ސިޓީ ހުށަހަޅައިގެންނާއި، އަދި ވާހަކަ ދައްކައިގެން ވެސް ހައްލު ކުރެވޭތޯ މަސައްކަތްކޮށްފައިވާނެކަމަށް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ

މާލޭގެ ރައްޔިތުންގެ ހައްގުގައި، މައްސަލަ ކޯޓަށް ހުށަހެޅުމަށްސިޓީ ކައުންސިލުން ނިންމާފައިވާކަމަށް ހާމަކޮށްފައިވާ އިރު، ކައުންސިލްގެ އިހުތިސާސްގައި ވާ ބިންތައް ހޯދަން ޝަރުއީ މަރުހަލާގެ ތެރެއިން ވިޔަސް ހުރިހާ މަސައްކަތެއް ކުރާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ސަންގުޓީވީ އާއި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، ޓީޖެޓީ އެމްޕީއެލް އާއި ހަވާލު ކުރީ 2015 ގެ ތެރޭގައި އޭރުގެ ހައުސިން މިނިސްޓްރީ އާއި އެކު ހެދުނު އެއްބަސްވުންތަކެއްގެ ދަށުން ކަމަށެވެ. އެ އެއްބަސްވުން ހަދާފައި ވަނީ ޓީޖެޓީ އަކީ ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް އެކި ބޭނުމަށް ތަން ބޭނުން ކުރާތީ އަވަސް ހިދުމަތްތަކެއް ފޯރުކޮށްދީ ހިންގުންތެރިކަމާއި އެކު ކުރިޔަށް ގެންދިއުމަށް ކަމަށެވެ.

އެމްޕީއެލްގެ 70 މުވައްޒަފުން ތިން ޝިފްޓަކަށް ބަހާލައިގެން ތަނުގައި މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ އެއީ 24 ގަޑިއިރުގެ މަސައްކަތެއް ކަމަށެވެ. އެގޮތަށް މަސައްކައްތައް ކުރިޔަށް ދަނިކޮށް ސިޓީ ކައުންސިލުން އެދިގެން ބައްދަލުވުމަކަށް ދިއުމުން ޓީޖެޓީ އެއީ ސިޓީ ކައުންސިލުގެ އިހުތިސާސްގައި ހިމެނޭތަނެއްކަމަށް ބުނެ ތަން ހަވާލު ކުރުމަށް އެނގި ކަމަށެވެ.

ސިޓީ ކައުންސިލުން ބައްދަލުވުމުގައި ދެއްކެވި ވާހަކަތައް، ސިޓީއަކުން ހުށަހެޅުމަށް އެންގުމުން އެގޮތުން ފޮނިވި ސިޓީއަށް ޖަވާބެއްގެ ގޮތުގައި މިއީ އެމްޕީއެލް އާއި ހައުސިން މިނިސްޓްރީން ހަވާލުކޮށްފައިވާ ތަނަކަށް ވާތީ އެތަނަށް ހުށަހެޅުމަށް ޖަވާބު ފޮނުވިކަމަށް ޝާހިދު ވިދާޅުވި އެވެ.

އޭގައި އަމަލު ކުރަންވީ ގޮތާއި މެދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި، ޕްލޭނިން މިނިސްޓްރީން ލަފާ ހޯދުމުން އެމްޕީއެލްއިން ޓީޖެޓީ ހިންގަމުން ދާ ދިއުން ބަދަލު ކުރަންޖެހޭ އެއްވެސް ހާލަތެއް ނެތްކަން އެންގިކަމަށް ޝާހިދު ވިދާޅުވި އެވެ. އެހެންކަމުން އެމްޕީއެލްއަށް އައި ޖަވާބު އެބޭފުޅުންނަށް އެންގުމުން ސިޓީ ކައުންސިލުން ނޯޓިސްއެއް ފޮނުވައި ކުއްލި ގޮތަކަށް ޓީޖެޓީއަށް ތަނާއި ހަވާލުވާންކަމަށް ބުނެ ދިޔައީކަމަށް ޝާހިދު ވިދާޅުވި އެވެ.

ތަން އެމްޕީއެލް އާއި ހަވާލު ކުރީ މުވައްސަސާއަކުންކަމަށްވާތީ، ހަމަ އެފަދައިން ތަން ހިންގާނެ ބައެއް ބަދަލުކުރަން ސަރުކާރުން ނިންމިޔަސް އޭގައި މައްސަލައެއް ނެތްކަން ޝާހިދު ފާހަގަ ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: