ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގައި އޮމިކްރޯން ވޭރިއަންޓް އިތުރުވެ ކޮވިޑްގެ ހާލަތު ގޯސްވަނީ!

އިންޑިއާގައި އޮމިކްރޯން ވޭރިއަންޓް އިތުރުވެ ކޯވިޑްގެ ހާލަތު ގޯސްވަނީ / އިންޑިއާ ޓީވީ ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގައި ހަލުވިކާއި އެކު ކޮވިޑް-19 ގެ އާ ވޭރިއަންޓު އޮމިކްރޯން ފެތުރެން ފަށައިފި އެވެ.

އެގޮތުން، އިންޑިއާގެ ޔޫނިއަން މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އިއްޔެ އެކަނި އެ ގައުމުން 22،775 މީހުންނަށް ކޮވިޑް ޖެހިފައިވެ އެވެ. އޭގެ ތެރެއިން 1،431 މީހުން ވަނީ އޮމިކްރޯންއަށް ޕޮސިޓިވް ވެފައެވެ.

މީގެއިތުރުން، އިންޑިއާގެ 23 ސްޓޭޓަކުން މިހާރު އޮމިކްރޯން ވޭރިއަންޓު ފެނިފައިވާއިރު، އޭގެ ތެރެއިން އެންމެ ހަލުވި ކަމާއި އެކު އޮމިކްރޯން ފެތުރެމުން ދަނީ މުމްބާއީގައިއެވެ. އެ ސިޓީގައި ކޮވިޑް ޖެހޭ 55 އިންސައްތަ މީހުން ދަނީ އޮމިކްރޯންއަށް ޕޮސިޓިވް ވަމުންނެވެ.

އިއްޔެ އިންޑިއާއިން ކޮވިޑް ޖެހުނު އަދަދަކީ މިދިޔަ 275 ދުވަހުގެ ތެރޭގައި އެންމެ ގިނަ ޕޮސިޓިވް ކޭސްތައް ފެނުނު ދުވަހެވެ.

އަދި އިއްޔެ އިންޑިއާއިން ކޮވިޑްގައި 406 މީހުން މަރުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: