ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޖޭގެ ބިޑާއި އެކު ހަނިމާދޫ ހައުސިން މަޝްރޫއުގެ ބިޑްތައް އަލުން އިވެލުއޭޓްކުރަން އަމުރުކޮށްފި

ސިވިލް ކޯޓު ހިންގަމުންދާ ޖަސްޓިސް ބިލްޑިންގ: ފޮޓޯ / މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ހަނިމާދޫގައި އިމާރާތްކުރާ 1،000 ހައުސިން ޔުނިޓްގެ މަޝްރޫއުގެ ބިޑްތައް އެސްޖޭ ކޮންސްޓްރަކްޝަންގެ ބިޑް ހިމަނައިގެން އަލުން އިވެލުއޭޓް ކުރަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ހަނިމާދޫގައި އަޅަން ފަށާފައިވާ 48 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމުމަށް އަދި އަލަށް އިމާރާތް ކުރުމުގެ މަސައްކަތް ކުރާ 52 ހައުސިން ޔުނިޓުގެ ޑިޒައިންގެ މަސައްކަތަށް ހައުސިން މިނިސްޓްރީން 2021، ޖުލައި 18 ގައި ހަވާލު ކުރީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަސައްކަތް ހަވާލު ކުރި އިރު އެސްޖޭ އާއި އެސްޖޭ ޓްރޭޑާސްއިން ހުށަހެޅި ޖޮއިންޓު ބިޑު އިވެލުއޭޓްކޮށްފައި ނުވެ އެވެ. އެ ބިޑު އިވެލުއޭޓް ނުކުރީ ކުންފުނީގެ ފައިނޭންޝަލް ރިސޯސަސް އާއި އެމްޕްލޯޔާސް ރިކުއާމަންޓް ހަމަނުވާކަމަށް ބުނެ އެވެ.

މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އެސްޖޭގެ ބިޑު އިވެލުއޭޓް ނުކުރުމަށް ނެޝަނަލް ޓެންޑާ ބޯޑުން ނިންމާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. މައްސަލަ ސިވިލް ކޯޓުގައި ބެއްލެވީ އެ ގާޒީ އަބްދުއްނާސިރު ޝަފީގެވެ.

މިއީ ހަނިމާދޫގައި ހައުސިން ޔުނިޓުތައް ނިންމުމުގެ މަސައްކަތް ކުރުމަށް ހުށަހަޅާފައިވާ ބިޑުތަކުގެ ތެރެއިން އެންމެ ރަނގަޅު ބިޑުގެ ގޮތުގައި އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި އެސްޖޭ ޓެރޭޑު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޖޮއިންޓްވެންޗާކޮށް ހުށަހަޅާފައިވާ ބިޑުކަން އެނގެން އޮތް އިރުވެސް ދައުލަތުގެ މާލިއްޔަތު ގަވައިދާއި ހިލާފަށް ނޭޝަނަލް ޓެންޑާރ ބޯޑުން އަމަލުކޮށް، ބިޑު އިވެލުއޭޓުކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ. ކުންފުނިން މައްސަލައިގައި ބުނީ ހުށަހަޅާފައިވާ ބިޑުގައި ދެ ކަމެއް ފުރިހަމަ ނުވާކަމަށް ޓެންޑާރ ބޯޑުން އެންގި ނަމަވެސް އެ ރިކުއާމަންޓުތައް ފުރިހަމަވާކަމަށް މުސްތަގިއްލު ރިވިއު ކޮމިޓީން އަންގާފައިވާ ކަމަށެވެ. އަދި އެ ކޮމިޓީގެ ނިންމުން ބަދަލު ކުރުމުގެ ބާރު ޓެންޑާރ ބޯޑަށް ލިބިގެން ނުވާތީ ބިޑު އިވެލުއޭޓުކޮށް ކުންފުންޏަށް އެވޯޑު ކުރުމަށް ނުވަތަ ރިކުއާމެންޓުތައް ފުރިހަމަވާކަމަށް ޝަރީއަތުން ކަނޑައަޅައިދޭން އެސްޖޭއިން ހުށަހެޅި މައްސަލައެކެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވައިދުގެ 17.12 ވަނަ މާއްދާގެ ދަށުން އެކުލަވާލެވިގެންވާ “ބީލަމުގެ މައްސަލަ ބަލާ މުސްތަގިއްލު ރިވިއު ކޮމިޓީ” ގެ 2021 ގެ 51 ވަނަ ޖަލްސާގެ ޔައުމިއްޔާއިން ފައިނޭންޝިއަލް ރިސޯސަސް އާއި، އެމްޕްލޯޔާސް ރިކިއާމަންޓް ހަމަނުވާކަން ޓެންޑާރ ބޯޑުން ނިންމާފައި ވަނީ ރަނގަޅަށް ނޫންކަން ކަނޑައަޅައި، ދައުވާ ކުރާ ފަރާތްތަކުގެ ބޮޑު ޑޮކިއުމަންޓުތަކަކީ ޝަރުތުހަމަވާ، އަދި ބަލައިގަންނަން ޖެހޭ އެއްޗެއްކަމަށް ކަނޑައަޅައި ދައުވާކުރާ ފަރާތްތައް ހިމަނައިގެން ބީލަންތައް އަލުން އިވެލުއޭޓު ކުރުމަށް ޓެންޑާތ ބޯޑަށް އެނގުމަށް ނިންމިކަމަށް ވާކަމަށެވެ.

ނަމަވެސް ދައުލަތުން ބުނީ މުސްތަގިއްލު ރިވިއު ރިވިއު ކޮމިޓީގެ ނިންމުމަށް ޓެންޑާރ ބޯޑުން އަމަލު ކުރި ކަމަށެވެ. އަދި އެކަން ބުނެ ދިނުމަށް ދައުލަތުން ހުށަހެޅި ޓެންޑާރ ބޯޑުގެ ޖަލްސާގެ “ބޯޑުގެ ނިންމުން” ގައި ސޮއިކޮށްފައި ވަނީ ބައްދަލުވުމުގެ ސެކްރެޓޭރިއަޓް ބެލެހެއްޓި ފަރާތުން އެކަނި ކަމަށެވެ. އަދި ބޯޑުގެ އެއްވެސް މެމްބަރަކު އެ ނިންމުން ނިންމުމަށް ފެންނަކަމަށް ނުވަތަ ނުފެންނަކަމަށް ވެސް ސޮއިކޮށްފައި ނުވާކަމަށް ހުކުމުގައި ވެއެވެ.

އެއަށް ފަހު އަނެއްކާވެސް ހަމަ އެތާރީހުގެ އެއް ބައްދަލުވުމެއްގެ “ބޯޑު ނިންމުން” ހުށަހެޅިއިރު އެ ނިންމުމުގައި ހަމައެކަނި ތަފާތަކަށް އޮތީ ބައްދަލުވުމުގެ ސެކްރެޓޭރިއަންޓް ބެލެހެއްޓި ފަރާތުގެ އިތުރުން، މެމްބަރުން ވެސް ސޮއިކޮށްފައިވާތަން ކަމަށް ހުކުމުގައި ފާހަގަ ކުރި އެވެ. ކޯޓަށް އެކަމާއި ގުޅޭގޮތުން، ހުށަހެޅުނު އެއް ލިޔުމެއް ދެ ގޮތަކަށް އޮނަން ޖެހުނު ސަބަބެއް ދައުލަތަށް ބުނެދެވިފައި ނުވާކަން ހުކުމުގައި ފާހަގަކުރި އެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ވަނީ ދައުލަތުން އަދިވެސް ބުނަމުން ދަނީ އެސްޖޭގެ ފައިނޭންޝިއަލް ރިސޯސަސް އާއި އެމްޕްލޯޔާސް ރިކުއާމަޓް ހަމަނުވާ ވާހަކަތައް ކަމަށެވެ. ނަމަވެސް އެސްޖޭގެ ފައިނޭންޝިއަލް ރިސޯސަސް އާއި އެމްޕްލޯޔާސް ރިކިއާމަންޓު ފުރިހަމަވެފައިވާކަމަށް ބަލައިގެން ބިޑުތައް އިވަލުއޭޓު ކުރުމުން އެސްޖޭގެ ބިޑަކީ އެއީ އެންމެ ރަނގަޅު ބިޑަށް ވާނެކަމަށް އެސްޖޭއިން ފާހަގަކުރާ ނުކުތާ އެއީ ދައުލަތުން ދެކޮޅު ހަދާ ނުކުތާއެއް ނޫންކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

މި ސަބަބުތަކަށް ރިއާޔަތްކޮށް ސިވިލް ކޯޓުން މައްސަލައިގައި ހުކުމް ކުރީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި، އެސްޖޭ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑަކީ ފައިނޭންޝިއަލް ރިސޯސަސް އާއި އެމްޕްލޯޔާސް ރިކުއާމަންޓު ފުރިހަމަވެފައިވާ ބިޑެއްކަމަށް ބަލައިގެން، 02 ޖެނުއަރީ 2022 އިން ފެށިގެން 20 ދުވަހުގެ ތެރޭގައި ކުންފުނީގެ ބިޑު ރީ އިވެލުއޭޓުކޮށް މިހާރު އިވެލުއޭޓު ކުރަން ނިންމާފައިވާ ބިޑުތަކާއި، ދައުވާ ކުރާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތަކަށް ބޮޑު އެވޯޑު ކުރުމަށެވެ.

ހަނިމާދޫ ހައުސިން ޔުނިޓްގެ މަޝްރޫއުއަކީ ދައުލަތުގެ ބަޖެޓުން 79.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއު އެކެވެ. މައްސަލަ އޮތީ ކޯޓުގައިކަމުން ދޮންބޭޒް ކުންފުނިން ހައުސިން ޔުނިޓުތަކުގެ މަސައްކަތް ފަށާފައި ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: