ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައިރަލް ހުން ފެތުރެމުންދާތީ ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފި

ވައިރަލް ހުން ފެތުރެމުންދާތީ ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފި / ދުވަސް އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދުވަސްކޮޅު ރާއްޖޭގައި ވައިރަލް ހުން ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ރައްޖޭގައި ދިރިއުޅެމުންދާ ހުރިހާ ރައްޔިތުންނަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ، އާއްމު ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށާއި ބޭރަށް ހިންގުމުގެ އިތުރަށް އެހެން އަލާމާތްތައް ފެންނަނަމަ ލަސް ނުކުރައްވާ ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

އެޗްޕީއޭއިން ވަނީ ބޭރަށް ހިންގާނަމަ ގިނަގިނައިން ލޮނު ޕެކެޓާއި، ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮންނަން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ބޭރަށްހިންގުމުގެ އަލާމާތްތައް ނުފެންނަތާ 1 ދުވަސް ނުވަނީސް ކުދިން ސްކޫލަށް ނުފޮނުވާ ގޭގައި ބޭތިއްބުމަށާއި، ވަޒީފާއަށްދާ މީހުން މަސައްކަތަށް ނުގޮސް ގޭގައި އަރާމު ކުރުމަށް ވެސް ވަނީ އަންގާފައެވެ. އަދި އާންމުން އެއްވެއުޅޭ ސަރަހައްދުތަކަށް ނުކުމެ އުޅުން މަދުކުރުމަށް ވެސް އެޗްޕީއޭއިން އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: