ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

826 އެއާ ޓްރެފިކް މޫވްމެންޓާއިއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އާ ރިކޯޑެއް!

286 އެއާ ޓްރެފިކް މޫވްމެންޓާއިއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އާ ރިކޯޑެއް
ޝެއާރކޮށްލާ ކަހަލަދޯ؟

826 އެއާ ޓްރެފިކް މޫވްމެންޓާއިއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އާ ރިކޯޑެއް ހަދައިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މި ރިކޯޑު ހަދައިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގައި ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ. އެގޮތުން އެދުވަހު އެއާ ޓްރެފިކް މޫވްމަންޓްގެ ޖުމްލަ އަދަދަކީ 826 ކަމަށް އެއާޕޯޓްސް ކޮމްޕެނީއިން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ ރަންވޭއަށް ޖެއްސި 233 މަތިންދާ ބޯޓާއި 593 ސީޕްލޭންއެވެ.

އެއާޕޯޓް ކޮންޕެނީއިން ބުނެފައިވަނީ މީގެކުރިން އެއާ ޓްރެފިކް އެންމެ ގިނަ ދުވަހެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު ކަމަށެވެ. އެގޮތުން އެދުވަހު 811 އެއާ ޓްރެފިކް މޫވްމަންޓް ރިކޯޑް ކުރެވިފައިވާކަމަށް އެއާޕޯޓް ކޮންޕެނީއިން ބުންޏެވެ.

މިއަހަރު ނިމުމުގެ ކުރިން ދެމިލިއަން ފަތުރުވެރިން ގެނައުމަށް ޓޫރިޒްމް މިނިސްޓްރީއިން ވަނީ އަމާޒު ހިފާފައެވެ. ހުސްވި 2021 ވަނަ އަހަރުގެ ތެރޭގައިވެސް އެއްފަހަރާ ގިނަ ފަތުރުވެރިން އައުމާއެކު މައި އެއާޕޯޓުން ހިދުމަތްތައް ދިނުމުގައި ވަނީ ކޮންމެވެސް ވަރެއްގެ ދަތިތަކާއި ދިމާވެފައެވެ. ރާއްޖެއަށް ގިނަ ފަތުރުވެރިން ގެނައުމަށްޓަކައި މިނިސްޓްރީ އަދި އެމްއެމްޕީއާރްސީއިންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: