ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތް 3 ހަފްތާތެރޭ ވަރަށް ބޮޑަށް ކޮވިޑް ފެތުރޭނެކަމަށް ލަފާ ދޭ: ރައީސް

ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް 3 ހަފްތާތެރޭ ވަރަށް ބޮޑަށް ކޮވިޑް ފެތުރޭނެކަމަށް ލަފާ ދޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނ. ލަންދޫ ބަނދަރު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފާއިތުވި ދެ އަހަރަކީ ތަފާސްހިސާބުތައް ލިޔެ ބަލަން ފެށި ފަހުން ރާއްޖެއަށް އައި އެންމެ ދަތި ދެ އަހަރުކަމަށެވެ. ޚާއްސަކޮށް 2020 ވަނަ އަހަރަކީ ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ގޮތުން އެންމެ ދަތި އަހަރުކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް ސަރުކާރުގެ އަމާޒަކަށް ވީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން މެދުކަނޑާނުލައި، ތަރައްގީ ޕްލޭންތައް ހުއްޓާނުލައި ކުރިއަށްގެންދިޔުން ކަމަށެވެ.

އެހެންނަމަވެސް، މިހިސާބަށް އައިއިރު ކޮވިޑްގެ އާލަމީ ވަބާއިން ސަލާމަތްވުމުގެ އުންމީދުތަކާއި ހަމައަށް އާދެވިއްޖެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ކޮވިޑްގެ ހާލަތު އެންމެ ރަނގަޅަށް ކޮންޓްރޯލްކުރެވި އިގްތިސާދު ކުރިއަށްދާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަން ހާސިލްކުރެވުނީ ރައްޔިތުންނާއި މުއައްސަސާތައް އަދި ޖަމިއްޔާތައް ގުޅިގެން ކުރި މަސައްކަތުންކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް ރައީސް ވަނީ މިވަގުތުވެސް އަނެއްކާވެސް އިތުރު އިންޒާރެއް ލިބެމުންދާކަމަށް ވިދާޅުވެފައެވެ. އިތުރު ވޭރިއަންޓެއް ހަލުވިކަމާއެކު މުޅި ދުނިޔޭގައި ފެތުރެމުންދާއިރު ރާއްޖެއަށްވެސް މިވޭރިއަންޓް މިހާރު އައިސްފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ ކުރިއަށް އޮތް 3 ހަފްތާތެރޭ ވަރަށް ބޮޑަށް ކޮވިޑް ފެތުރޭނެކަމަށް ޓެގް ޓީމްއިން ލަފާ ދީފައިވާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ވީހާވެސް ބޮޑަށް ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށާއި ސަރުކާރުން މަސައްކަތްކުރަމުން ދަނީ ވީވަރަކުން ވިޔަފާރިތައް ބަންދުނުކޮށް އާންމު ހާލަތެއްގައި ގެންދިޔުމަށްކަމަށް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ވަަބާ ކަމުގައިވާ މަސްތުވާތަކެތި އެެތެރެކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިސަރުކާރަކީ އަބަދުވެސް ރައްޔިތުންގެ އަޑުއަހާ ސަރުކާރެއް ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތް ހިއްސާކުރުމުން އެއަޑު އަހައި ބަދަލު ގެނެސް ރައްޔިތުން ބޭނުންވާ ގޮތަށް ސަރުކާރުން އެކަން ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. ލަންދޫ ބަނދަރު ތަަރައްގީ ކުރުމަށް ކުރި މަސައްކަތުގެ ތެރެއިން ސަރުކާރުގެ ވިސްނުން ފުރަތަމަ ވިސްނުން އޮތީ 500 ފޫޓުގެ ބަނދަރެއް ތަރައްގީކުރުމަށް ކަމަށާއި އެހެންނަމަވެސް މިވަގުތު މިއޮތީ ރައްޔިތުންގެ ބޭނުން ފުދޭ ވަރަށް އޮތް ބަނދަރެއްކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ލަންދޫ ރައްޔިތުން ބޭނުންވާގޮތަށް އޮޑި އެހެލާނެ ސަރަހައްދެއް ލަންދޫގައި ގާއިމްކުރާނެކަމަށާއި އެމްޓީސީސީގެ ޓީމް ލަންދޫއިން ފައިބާއިރު އެކަންވެސް ނިމިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުގެ ގިނަ މަޝްރޫއުތައް ހިންގަމުން އަންނަ އެމްޓީސީސީއިން ރާއްޖެގެ އެކި ހިސާބުތަކުގައި ބަނދަރާއި ޖެޓީގެ ގޮތުގައި 25 ތަނެއް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި 39 ރަށެއްގެ ބަނދަރުގެ އަމަލީ މަސައްކަތް މިވަގުތުވެސް ކުރަމުންދާކަމަށާއި 13 ބަނދަރެއްގެ މަސައްކަތް ކޮންޓްރެކްޓްކުރެވިފައިވާކަމަށް ވިދާޅުވިއެވެ. ޓެންޑަރ މަރުހަލާގައި 29 ބަނދަރެއް އޮތްއިރު އިތުރު 22 ރަށެއްގެ ބަނދަރުގެ މަސައްކަތް ރާވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ޖުމްލަ 128 ބަނދަރުގެ މަސައްކަތް ކަމަށާއި އަމާޒަކީ ފަސް އަހަރު ތެރޭ މިމަސައްކަތް ނިންމާލުންކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: