ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓް ސަރަހައްދުގައި ހުރި ކުނިތަކުގައި ރޯވާ ސަބަބެއް ނޭނގޭ: އެޗްޑީސީ

ހިޔާ ފްލެޓް ސަރަހައްދުގައި ހުރި ކުނިތަކުގައި އަލިފާން ރޯވެފައިވާ މަންޒަރު / ދިޔަރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓް ސަރަހައްދުގައި ހުރި ކުނިތަކެއްގައި ރޯވެފައިވާއިރު، އެކަން މެދުވެރިވާންވީ ސަބަބެއް ނޭނގޭކަމަށް ހައުސިންގ ޑިވެލޮޕމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މީޑިއާ އޮފިޝަލް ބުނެފިއެވެ.

މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ހިޔާ ފްލެޓް ސަރަހައްދުގައި ހުރި ކުނިތަކެއް ރޯވި އެވެ.

ސަންގުޓީވީއަށް މައުލޫމާތު ދެމުން އެޗްޑީސީގެ މީޑިއާ އޮފިޝަލް ވިދާޅުޅުވީ، ބައެއް ހާލަތްތަކުގައި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ގަސްތުގައި ކުރާ ކަމެއް ކަމަށް ފާހަގަ ކުރެވޭ ކަމަށެވެ. އެހެންނަމަވެސް ކުނިތަކުގައި ރޯވާން މެދުވެރިވާ ސަބަބު ސީދާ ނޭނގޭ ކަމަށްވެސް ބުނެފައިވެއެވެ.

އެމްއެންޑީއެފް އިން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުގެ އުތުރަށް އޮންނަ ހިސާބުގައި ޖަމާކޮށްފައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެގެން ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވެގެން އަލިފާންގަނޑު ނިވާލާފައިވާ ކަމަށެވެ.

މީގެކުރިންވެސް ހިޔާ ފްލެޓް ސަރަހައްދުގައި ޖަމާކޮށްފައިވާ ކުނިތަކުގައި އަލިފާން ރޯވެފައިވާކަން މީޑިއާތަކުން ރިޕޯޓު ކުރި އެވެ. އެގޮތުން މީގެކުރިން ހިޔާ ފްލެޓް ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައި ވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުގަ އެެވެ. އަދި އަލިފާން ރޯވީ 13 ވަނަ ޓަވަރުގެ ތިރީގައި ހުރި ކުނިތަކެއްގައި ކަމަށްވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: